Support Us

ނުކުޅެދޭ ތިން މީހަކު މަރުން ސަލާމަތްވި ގޮތް

އެއް ސަހަރެއްގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ސަހަރުގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު އެއް ރެއެއްގެ ދަންވަރު އަވަށުތެރެއަށް ފެތުރެން ފެށިއެވެ. ގެއަކަށްފަހު ގެއެއް އަނދަމުންދާން ފަށައިފިއެވެ. ކޮންމެ މީހަކު ވެސް ދުވަނީ ރައްކާތެރި ހިސާބަކަށް ދެވޭތޯއެވެ.

މީހުންގެ ރުއިމާއި ހަޅޭކުގެ އަޑު މަޑުވެއްޖެއެވެ. ހުރިހާ އެންމެން އަވަށް ދޫކޮށް އެގޮތްމިގޮތުން ދިޔައީއެވެ. އެންމެންގެ އަޑު ކެނޑުނު ފަހުން މީހަކު ވޭނީ އަޑަކުން ބުނާ އަޑު އިވުނެވެ. އަހަރެންނަކީ ލޯފަން މީހަކީމެވެ. ދެފައި ނެތް، ނުކުޅެދުންތެރިއަކީމެވެ. އަހަރެންނަށް އޮތް ގޮތަކީ މި އަލިފާނުގައި މަރުވެދިއުން ހެއްޔެވެ؟ އެނޫން ގޮތެއް އޮންނާނެއެވެ.

އެ އަޑު އިވުނީ މަގުމަތީގައި އޮތް ނުކުޅެދޭ އެހެން މީހަކަށެވެ. އޭނާ ބުންޏެވެ. އަޚާއެވެ. ކައިރީގައި އަހަރެން އެބަ އޮތީމެވެ. އަލިފާންގަނޑު މި ދިމާއަށް އަންނަތަން އަހަރެންނަށް އެބަ ފެނެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ ދެ އަތާއި ކަނާތު ފައެއް ނެތެވެ. އެކަމަކު އަހަރެމެން އުންމީދު ކަނޑާލައިގެން ނުވާނެއެވެ.

އެ އަޑު އިވުނު އެހެން މީހަކު އެ ދެ މީހުންގެ ގާތަށް ފުރޮޅެމުން ކަހަލަ ގޮތަކަށް އައިސް ބުންޏެވެ. ރަޙުމަތްތެރީންނެވެ. އަހަރެމެން ތިން މީހުން އެއްކޮށް މަސައްކަތް ކޮށްފިނަމަ ސަލާމަތް ވެވިދާނެއެވެ. އެކަމަކު އަހަރެންގެ ވެސް ދެ އަތާއި ވާތު ފައެއް ނެތެވެ. ތިން މީހުން އެއްކޮށް ތެދުވަން އުޅޭށެވެ. އަހަރެމެންނަށް ހިނގައިގަނެވޭނެއެވެ.

އޭނާގެ ޚިޔާލާ އެއްގޮތަށް، ދެފައި ނެތް ލޯފަން މީހާގެ ދެ ފަރާތުގައި އަނެއް ދެ މީހުން އައިސް ކޮނޑާއި ކޮނޑު ޖައްސާލިއެވެ. އަދި ނިކަން ބާރަށް އެ ދެ މީހުންގެ ދެ ކޮނޑުގައި އޭނާގެ ދެ އަތުން ހިފައި ގަޔާ ކައިރިއަށް ގެނެސް ހިފަހައްޓާލިއެވެ. އަދި ތިން މީހުން ތެދުވެ ހިނގައިގަތެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *