ގެއްލިގެންދާ ޙައްޤުތައް ހިމަނައި ކޮޅުންލާކަށް ނެތޭ
ހެއްލިގެން ދާތީ މި ޖީލު ސަލާމަތެއް ވާކަށް ނެތޭ
ބިލިޔަނުން ނަޤުދޭދަނީ ގެއްލުންވަމުން ދައުލަތް ތަކުން
މިލިޔަމުން މަދަނީންގެ ގެއްލޭ ޙައްޤުތައް ޢަދަދެއް ނެތޭ
ކޮރަޕްޝަން ފެތުރުނު ހިނދުން ބިރުވެރި ގޮތެއްގައި ބިންމަތީ
ހޮރަކުގައި އެކަމާމެދަށް ސަހަރޯނުވާ ހިންޏެއް ނެތޭ
ގަދަ ވަޢީދުގެ ބަސްފުޅުން އިންޒާރު ވޭ ޤުރުއާނުގައި
ޤަދަރު އެކަމަށް ފަހެ ނުދީ ފާސިދުވިނަމަ މިންޖެއް ނެތޭ
ސޫރަތުލް އިސްރާގެ ސޯޅަ ދުފޭނެޔޭ އެކަމަށްޓަކައި
ސޫރަ ހިތުގައި ކޮށްނުލައި މަންޒަރު ދެނެއް ވާކަށް ނެތޭ
ކީއްވެގެންބާއޭ ހަނދާން ނެތެނީ ޤިޔާމަތް އަންނަކަން
ވީއްލި އީމާންކަން ދަނީކަން ނޭނގި ތިބެގެން ވާން ނެތޭ
