Support Us

ކޮލަމް ކޯދު: ސީނީ ސަގާފަތުގެ ތެރެއިން ހޮވާލެވިފައިވާ ބުއްދިވެރި ބަސްކޮޅެއް

  1. އެއްޗެއް އޮޅުންފިލުވުމައްޓަކައި ސުއާލުކުރާ މީހާ، ފަސް މިނެއްޓެއްހާއިރު ވަންދެން، ސޭކެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް، އެއްޗެއް އޮޅުންފިލުވުމަށްޓަކައި އެއްގޮތަކަށް ވެސް ސުއާލު ނުކުރާ މީހާ އަބަދުގެއަބަދަށް ވެސް ހުންނާނީ ސޭކެއްގެ ގޮތުގައެވެ.
  2. ބުއްދިވެރިޔާ ގޮތެއް ނިންމާނީ އަމިއްލައަށް ވިސްނުމަށް ފަހުއެވެ. ތަންދޮރު ނުދަންނަ މީހާ، ވިސްނާނުލައި، އާންމުން ދެކޭ ގޮތަށް ތަބާވެއެވެ.
  3. އަހަރު ދުވަހުގެ މުއްދަތަށް ކަންކަން ރާވާ ނަމަ، ހަނޑޫ ހައްދާށެވެ. ދިހަ އަހަރު ދުވަހުގެ މުއްދަތަށް ކަންކަން ރާވާ ނަމަ، ގަސް އިންދާށެވެ. މުޅި އުމުރު ދުވަހަށް ކަންކަން ރާވާ ނަމަ މީސްތަކުންނަށް އުނގަންނައިދީ ވިސްނަން ދަސްކޮށްދޭށެވެ.
  4. ކަލޭގެ ގައިގާ ވަރުނެތް ނަމަ، ބަރު އެއްޗެހި އުފުލަން ނޫޅޭށެވެ. ކަލޭ ބުނާ ބަހުގައި ފައިދާއެއް ނެތް ނަމަ، ނަސޭހަތް ދޭން ނުހަދާށެވެ.
  5. ރުޅިއަންނަ ކުޑަ ހިނދުކޮޅުގައި ކެތްތެރިވެވިއްޖެ ނަމަ، އެތައް ސަތޭކަ ދުވަހެއްގެ ހިތާމައިން ސަލާމަތްވެދެއެވެ.
  6. އެމީހުންގެ ފައިތިލަ ސާބިތުކަމާއެކު ތިރިކޮށް، ބިންމަތީގައި ޖަހަން ޖެހޭ ވަގުތުގައި ފައިތިލަ ތިރިކޮށް ބިންމަތީގައި ނުޖަހާ މައިންބަފައިންގެ އިނގިލިތަކަށް އެމީހުންގެ ދަރިން އަރާނެއެވެ.
  7. ހުރިހާ ކަމެއް ވެސް، ފަސޭހަވުމުގެ ކުރިން، އުނދަގޫވާނެއެވެ.
  8. އެދުރުން ދޮރުތައް ހުޅުވާލަދެއެވެ. ނަމަވެސް، ދަރިވަރުން، އަމިއްލައަށް އެ ދޮރުތަކުން ވަދެގެން ކުރިއަށް ހިނގަން ޖެހެއެވެ.
  9. ލޯބިވެރިން، އާޚިރުގައި ދެމަފިރިންނަށްވެ، އެމީހުންގެ ލޯބި، ބައެއް ފަހަރު، ނިމުމަކަށް ވެސް އާދެއެވެ.
  10. ތުއްތު ކުއްޖެއްގެ ހަޔާތަކީ ހުސް ކަރުދާސްގަނޑެއްގެ މިސާލު ފަދަ އެއްޗެކެވެ. އެ ކަރުދާސްގަނޑުގައި ކޮންމެ މީހަކަށް ވެސް ފާހަގައެއް ޖަހާލެވިދާނެއެވެ.
  11. ދޫނި ލަވަކިޔަނީ އެއަށް ޖަވާބެއް ލިބިފައި އޮތީމައެއް ނޫނެވެ. ނަމަވެސް، އެކިޔާނޭ ލަވައެއް އޮތީމައެވެ.
  12. މުޅި ފޮތް ގަބޫލުކުރުމަށް ވުރެ، ބައެއް ފަހަރު، ފޮތް ނެތުން ވެސް ރަނގަޅުވެ ދެއެވެ.
  13. ދަތުރުކުރާ ދުރުމިން އަހުގެ ހުރި ވަރެއް ބުނެދޭ ފަދައިން، ވަގުތު، މީހާގެ އަޚުލާގު ބުނެދެއެވެ.
  14. ކުޑަ ކެތްތެރިކަމެއް ނެތުމުން ބޮޑެތިބޮޑެތި ރޭވުންތައް ހަލާކުވެގެންދެއެވެ.
  15. ފުރުސަތުތައް ނަގާނުލާށެވެ. އެހެނީ ވަގުތަކީ އިއާދަވާ އެއްޗެއް ނޫނެވެ.
  16. އާއިލާއެއް ބަލަހައްޓަންކުރަން ޖެހޭނީ ކުޑަކުޑަ މަހެއް ކައްކާހެން ވަރަށް ވެސް ބަލައިގެން، މަޑުމައިތިރި ސިފައެއްގައެވެ.
  17. ދެކެފަރިތި މީހުން ގިނަވީ ވަަރަކަށް، ރަނގަޅަށް ދަންނަ މީހުން މަދުވާނެއެވެ.
  18. ކަމެއް ކުރުމުގެ ކުރިން ތިން ފަހަރަށް ރަނގަޅަށް ވިސްނާށެވެ.
  19. ދަނގަޑު ބުރިއެއް ތިނޯހަކަށް ބަދަލުކޮށްލަން ވަރަށް ގިނަ މަސައްކަތްކުރަން ޖެހެއެވެ.
  20. ކޮންމެ ފިޔަވަޅަކާ މެދު މާ ބޮޑަށް ވިސްނަންވެއްޖެ ނަމަ، އަބަދުމެ ހުންނަން ޖެހޭނީ އެއް ފިޔަވަޅު މަތީގައެވެ.
  21. އެއް ހިތަކައިގެން އެންމެން މަސައްކަތްކޮށްފި ނަމަ، ފަރުބަދަތައް ވެސް ގުޑުވާލެވިދާނެއެވެ.
  22. އެއްހާސް ރާސްތާގެ ދިގު ދަތުރު ވެސް ފެށެނީ އެއްމެ ފިޔަވަޅަކުންނެވެ.
  23. މޮޅު ބޭހުގައި ލަނީ ހިތި ރަހައެވެ.
  24. އިނބަގެ ޚަސްމުގެ އަގު ދަށްކޮށް ވަޒަން ކުރުމަށް ވުރެ ބޮޑު ނުރައްކަލެއް ނޯވެއެވެ.
  25. ރަނގަޅު ގޮތަކީ ކޮބައިކަން އެނގި، އެ ގޮތަށް އަމަލު ނުކުރަމަށް ވުރެ ބޮޑު ފިނޑިކަމެއް ނޯވެއެވެ.
  26. ހަގީގީ އިލްމުވެރިކަމަކީ ތިމާއަށް ނޭނގޭ ކަމުގެ މިންވަރު ދެނެގެންވުމެވެ.
  27. ކޮންމެ އެއްޗެއްގައި ވެސް ރީތިކަމެއް އޮވެދާނެއެވެ. ނަމަވެސް، ކޮންމެ މީހަކަށް އެ ރީތިކަމެއް ނުފެނެއެވެ.
  28. އަދުލުވެރިކަން ނެތް ތަނެއްގައި މުއްސަނދިވެ، ޝަރަފުވެރިވެފައި ވުމީ އައިބެކެވެ.
  29. އެހެން މީހުންނާ އަޅައި ނުކިޔާއި އަދި އެހެން މީހުންނާ ވާދަނުކޮށް، ފުދިފައި ސީދާ އިނބަގެ ގޮތުގައި ހުރެވިއްޖެ ނަމަ، އެންމެން ވެސް އިނބައަށް އިހުތިރާމު ކުރާނެއެވެ.
  30. ދާން ބޭނުން ކޮންމެ ތަނަކަށް ދިޔަޔަސް، އިނބަގެ މުޅި ހިތައިގެން ދާށެވެ.
  31. ހައްގު އޮންނަނީ އަބަދު ރީތި ކޮށެއް ނޫނެވެ. ހަމަ އެހެންމެ، ރީތި ވާހަކަތަކަކީ ހައްގުކަމުގައި ނުވެވެސް ހިނގައިދާނެއެވެ.
  32. ހުރިހާ ޖަވާބެއް އޭނާއަށް އެނގޭނޭ ކަމަށް ބެލެވޭ މީހާ ކުރެން ހުރިހާ ސުއާލެއް ނޭހެއެވެ.
  33. ވަފާތެރިކަމާއި އިޚުލާސްތެރިކަމަކީ އެންމެ ފުރަތަމަ އުސޫލުތައް ކަމުގައި ގަބޫލުކޮށް، އެ އުސޫލުތަކުގައި ހިފަހައްޓައިގެން ހުންނާށެވެ.
  34. އުނގެނުމަކީ އޭގެ ސާހިބާއަށް ތަބާވެ އޭނާގެ ފަހަތުން އަބަދުވެސް ދާ ޚަޒާނާއެކެވެ.
  35. އިނބަގެ ހިތް އިސްލާހު ކުރެވިއްޖެ ނަމަ، އިނބަގެ މުޅި ހަޔާތަށް ހަމަޖެހުން އާދެއެވެ.
  36. ބުއްދިފިލައި ގޮސްފައި ވުމަކީ އެއްކަމެއް އެތައް ފަރަކު އެއް ގޮތަކަށް ކޮށްފައި ތަފާތު ނަތީޖާއެއް ނިކުމެދާނޭ ކަމަށް ހީކުރުމެވެ.

ތަފާތު މައިދާންތަކުން މިކަން ފެނެއެވެ. މިސާލަކަށް ސިޔާސީ މައިދާނަށް ބަލާލާށެވެ. ސިޔާސީ ވެރިއެއްގެ ކިބައިގައި ގައުމު ބިނާކުރުމުގެ އެކަށޭނަކަން ނެތްކަން އޭނާގެ އަމަލުތަކުން އެއްފަހަރަށް ވުރެ ގިނަފަހަރު ފެނުމުން ވެސް، އަދި، ވެރިކަމުގެ ދަހިވެތި ކަމުގައި، ފާޅުގައި، ގައުމުން ބައެއް ވަކިކޮށްލުމަށް މަސައްކަތްކޮށް، މީސްތަކުންނަށް އެކަމަށް ހިއްވަރުދީ، އަދި، ބޭރު ބަޔަކަށް އެތަނަށް ވެރިވުމުގެ މަގުފަހިކޮށްދޭއިރު ވެސް، އޭނާ ކިބައިން މިނޫން ތަފާތު ގޮތެއް ފެނިދާނޭ ކަމަށް ހީކޮށްގެން އޭނާ ހޮވައިފިނަމަ، އެ ހޮވި ބަޔެއްގެ މައްޗަށް މަތީގައި ބުނެފައިވާ ބަސް ހިނގާނެއެވެ. އާދެ، އެފަދަ ބަޔަކު ވާނީ ހަމަ ހަގީގަތުގައި ވެސް ބުއްދި ފިލައި ގޮސްފައިވާ ބަޔަކަށެވެ!