Support Us

ކޮލަމް ކޯދު: ތެދު ދޮގަށްވެ ދޮގު ތެދަށް ވުން

ބައެއް މީސްމީހުން، އެމީހުން ރުހޭ މީހާގެ ދުލުން ނިކުތް ނަމަ، ދޮގުވެސް ތެދުކަމަށް ބަލައި، އެކަން ގަބޫލުކުރެއެވެ. ނަމަވެސް، އެފަދަ މީހުން، އެމީހުން ނުރުހޭ މީހާގެ ދުލުން ނިކުތީ ހަގީގަތް ކަމަށް ވިޔަސް، އެކަން ދޮގުކޮށް، އެއީ ހަގީގަތެއް ނޫންކަމަށް ހަދާލައެވެ.

މިތަނުން މި ފެންނަނީ އިންސާނާގެ ޖަޒުބާތުތައް ހަގީގަތާ ކުޅެ، އޮޅުވާލައި، ހަގީގަތް ފޮރުވާލާތަނެވެ!

އާދެ، މިފަދައިން، އެމީހުންގެ ޖަޒުބާތުތައް އެމީހުންގެ ނަފްސުގެ މައްޗަށް ބާރު ފޯރުވައި ކޮންޓުރޯލުކުރާ މީހުން، އެ މީހުންގެ މީހާ މާމުއި އެއީ ހިތި އެއްޗެކޭ ބުންޏަސް، ނުނީ ދުވާލަކީ ރޭނގަޑޭ ބުންޏަސް، ކުޑަ ފެންފޮދަކީ ސައިލެކޭ ބޮޑު ކަނޑެކޭ ބުންޏަސް، އާނ، އެއީ ތެދެކޭ ބުނާނެއެވެ. އަދި، ބޭރު މީހުންނަށް ރަށްތައް ބަހާލައި ރަށްތަކަށް އެމީހުންގެ ބާރު ހިންގާލަން އުޅުނަސް، އެކަމާ ވެސް އެމީހުންނަށް ޝުކުރުކޮށް ނަށަމުން ދުވާނެއެވެ!

إن قيل هذا شهدكم مر فقولوا علقم

މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެ ނަމަ ފަސްޖެހި ނުލައި

އާނ! ހަމަ އެއީ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރު އަޑުން

أو قيل إن نهاركم ليل فقولوا مظلم

އަދި ހަމަ ދުވާލުގެ މެންދުރަށް މީ ރޭނގަޑޭ ބުނެވޭ އިރަށް

ބުނެލާށެ އާނ! މީ ރޭނގަޑޭ ގަދަ ވެސްމެއޭ ކަޅު އަނދިރިކަން

إن قيل إن ثمادكم سيل فقولوا مفعم

ކުޑަކުޑަ މިތާ އޮތް ފެން ފޮދެއް ފެނުނަސް އެއީ ބޮޑު ސައިލެކޭ

ބުނެވޭ އިރަށް ވެސް އާނއެކޭ ބުނެލާށެ މާ ކަޑެކޭ ވި ފުން

أو قيل إن بلادكم يا قوم سوف تقسم

فتحمدوا وتشكروا وترنحوا وترنموا

ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން

(ތަރުޖަމާއެއް)