...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މޭ 16ގެ ރަތްހަނދުކޭތަ ރާއްޖެއަށް ފެންނާނެތަ؟

މި ހިނގާ މޭ މަހުގެ 16 ވަނަ ދުވަހު ފުރިހަމަ "ރަތްހަނދުކޭތަ"އެއް ހިފާނެއެވެ. އެހެނަސް، މި ކޭތަ ދިވެހިރާއްޖެއަށް ފެނުމުގެ ނަޞީބެއް ނުލިބޭނެއެވެ. މި ކޭތަ ފެންނާނީ ޢަރަބި ބައްރުން ފެށިގެން ހުޅަނގަށެވެ. ނިއުޒިލޭންޑުން ފެށިގެން އިރަށެވެ. އެފްރިކާ ބައްރާއި ޔޫރަޕާއި އެޓްލާންޓިކް ސަރަޙައްދަށާއި އެމެރިކާގެ އުތުރާއި ދެކުނުނަށާއި ޕެސިފިކް ސަރަޙައްދަށެވެ.

މި ކޭތައިގެ ރަތްހަނދުކޭތަ ފެންނާނީ ޔުނައިޓެޑް ސްޓޭޓްސްގެ މެދުގެ އިރުމަތީ ނިއުޔޯކް ހިމެނޭ ސަރަޙައްދަށެވެ. އަދި މެދުތެރޭ އެމެރިކާގެ ޤައުމުތަކަށާއި މުޅި ދެކުނު އެމެރިކާއަށެވެ.

މި ކޭތައިގެ ދިގުމިނަކީ 5 ގަޑިއިރާއި 18 މިނެޓާއި 44 ސިކުންތެވެ. ކޭތައިގެ ވަގުތު ޖީއެމްޓީ ގަޑިއަށް 5 ގަޑި އިތުރުކޮށްގެން، މާލޭ ގަޑިން ބަޔާން ކުރާނަމަ، މި ކޭތައިގެ (ލޮލަށް ނުފެންނަ) ފަނޑުހިޔަނިކޭތަ ހިފާން ފަށާނީ މޭ މަހުގެ 16 ވަނަ ދުވަހު ހެނދުނު މާލޭގަޑިން 06:32.05 ގައެވެ. ލޮލަށް ފެންނަ ރަތްކޭތަ ފެންނާން ފަށާނީ ހެނދުނު 07:27.52 ގައެވެ. ކޭތަ ފުރިހަމަވާނީ ހެނދުނު 09:11.28 ގައެވެ. ލޮލަށް ފެންނަ ރަތްކޭތަ ވީއްލާނީ 10:55.07 ގައެވެ. ފަނޑުހިޔަނިކޭތަ ވީއްލައި، މި ކޭތަ ނިމޭނީ 11:50.49 ގައެވެ.

މި ކޭތަ ހިފަނީ މި ޝައްވާލު މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ، ޝައްވާލު މަސް ދެބައިވާ ދުވަހެވެ. މި ޝައްވާލު މަސް ދެބައިވަނީ މޭ 16 ވާ ހޯމަ ދުވަހު ހެނދުނު މާލޭ ގަޑިން 09:12.00 ގައި ހަނދު ވިރުސިކަ ރާހީގެ 25 ދަރަޖަ 17 ދަގީގާއި އަރައި ހަމަވުމުންނެވެ.

މި ކޭތަ ހިފަނީ "އިރު" އެވަގުތު އިސަބަ ރާހީގެ 25 ދަރަޖަ 17 ދަގީގުގައި ހުރެފައި، ހަނދު ވިރުސިކަ ރާހީގެ 25 ދަރަޖަ 17 ދަގީގުގައި ހުރުމުގެ ސަބަބުންނެވެ. އެ ދެ ޕޮޒިޝަނަކީ، އެ ދެ ޕޮޒިޝަނުގައި އިރާ ހަނދާއި ހުންނަ ވަގުތު، 19 ދަރަޖަ އުތުރުގައި އިރު ހުރެފައި، 19 ދަރަޖަ ދެކުނުގައި ހަނދު ހުރެއްޖެ ނަމަ، އެ ދެމެދަށް ދުނިޔެ ދިމާވެ މާރަހަވާ ޕޮޒިޝަނަކަށް ވާތީ، އެވަގުތު ދުނިޔެއާ ނިވައިވުމުގެ ސަބަބުން ހަނދަށް އިރު ފޮރުވިފައި، އިރަށް ހަނދު ވެސް ފޮރުވޭތީއެވެ.

މި ކޭތަ އެ ދުވަހުގެ އެވަގުތު ހިފަނީ އެ މާރަހައިގެ ސަބަބުންނެވެ.

ދެން މިއަަހަރު އެންމެ އަވަހަށް ކޭތައެއް ހިފާނީ އޮކްޓޯބަރު މަހުގެ 25 ވަަނަ ދުވަހު، ކާށިދޫ ކަނޑުން ފެށިގެން ރާއްޖޭގެ އުތުރު ސަރަޙައްދަށް %1 ފެންނަ އިރުކޭތައެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.