Support Us

ކޮލަމް ކޯދު: ހިކުމަތްތެރި މުފައްކިރެއްގެ ބަސްކޮޅެއް

މިސުރުގެ މުފައްކިރެއް ކަމުގައިވާ މުސްތަފާ މަހްމޫދު ފާހަގަކުރައްވައެވެ. "ޖަޕާނުގައި، މިސުރަށް ވުރެ ކުޑަ ސަރަހައްދެއްގައި، ސަތޭކަ ވިހި މިލިޔަނަށް ވުރެ ބޮޑު އާބާދީއެއް އުޅެއެވެ. އެހެން ވިޔަސް، އެމީހުންގެ ތެރޭގައި ބަނޑުހައިހޫނުކަމެއް ނޫނީ ފަގީރުކަމެއް ނެތެވެ. ނަމަވެސް، އެމީހުންގެ ޚަރަދުތައް ކަނޑާފައި އިތުރުވާ ފައިސާގެ އަދަދު އެންމެ ބޮޑެތި ދައުލަތްތަކަށް ވުރެވެސް ބޮޑެވެ. ޖަޕާނަކީ ތެލެއް، ދެއްޔެއް، ދަގަނޑުގެ މައުދަނެއް ވެސް ނެތް ތަނެކެވެ! ނަމަވެސް، އެމީހުންގެ އަތުގައި އެންމެ އަގުބޮޑު ކަންޒުވެއެވެ. އާދެ، އެއީ އިންސާނާއެވެ!"

މިވާހަކަކޮޅުން މުސްތަފާ މަހްމޫދު ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ ކޮބާ ހެއްޔެވެ؟ ގައުމެއްގެ އެންމެ އަގު ބޮޑު ރައުސްމާލަކީ އެ ގައުމުގެ ރައްޔިތުން ކަމެވެ. އެ ރައްޔިތުންނަށް ހަގީގީ ތައުލީމެއް ދެވި، އެ މީހުންނަށް ވިސްނާ ފިކުރުކުރަން ދަސްކޮށްދީ، ކަންކަމުގެ ހުނަރު އުނގަންނައިދެވިއްޖެ ނަމަ އެމީހުންވާނީ ތަނުގެ މުއްސަނދިކަން އުފައްދާ މީހުންނަށެވެ. އަދި، އެ މީހުންގެ ސަބަބުން ބަނޑުހައިހޫނުކަމާއި ފަގީރުކަން ނެތި، ތަނަވަސްކަން ފޯރާ ބަޔަކަށް ގައުމުވެގެންދާނެއެވެ. ސިންގަޕޫރާއި ރުވަންޑާ ފަދަ ގައުމުތަކުން ވެސް މިކަން ވަނީ ސާބިތުކޮށްދީފިއެވެ!

(ތަރުޖަމާއެއް)