Support Us

ކުޑަކުދީންގެ ދުވަހު ކުޑަކުދީންނަށްޓަކައި

އަދުގެ ތިޔަ ކުޑަކުދީން މާދަން، އެއީ، ގައުމުގެ ބޮޑަތި މީހުން
ހަނދުމަ ނައްތާނުލައި މިޅެމުން، ފިލާވަޅު ލިބިގަނޭ އުފަލުން

ލަފާ ޖީލެއްގެ އަތްމައްޗަށް، ޖެހޭނޭ ގައުމު ވާރުތަވާން
ލަފާ މީހުންގެ ހެޔޮ ބުއްދީން، ލިބޭ އިރުޝާދު ހެޔޮ ހިފަމުން

ސުކޫލުން އުނގެނިގެން ޢިލްމާ، މަސައްކަތް ދަސްވިހައި ހުނަރާ
ޙުކޫމަތުގައިވި އިމުގައިވީ، ހިފާށެ އަމާނަތެއްގެ ގޮތުން

އިމުން ޚުލްޤީ ތިމާ ފޭނުވެ، ނަމޫނާ ރީތި ދައްކަންވީ
ބިމުން ނެރެދެއްވި ހެޔޮ ރޯދިން، ޢަދުލުވެރި މިނެކިރުން ކިރަމުން

އުޅޭށެ އެކީ ކުލާހު ކުދީން، ތެރޭ ރަނގަޅަށް އުޅޭ ބަޔަކާ
ކުޅޭ އިރުވެސް އެނޫން ބަޔަކާ، ގުޅޭނަމަ ދޭ ނުބައި މަގަކުން

ވަކާޖެހި އަހިވަކެއް ފާވޭ، ބުނާ ހަމައިން ވެޔޭ ފާސިދު
މަކާރިމު ޚުލްޤު ކުއްޖާޔާ، މުޅީން ވަކިވޭ ހިނގޭ މަގަކުން

އަގެއްނެތި ވަގުތު ވޭތުކުރާ، ކުދީންނާ ގާތްވެގެން އުޅުމުން
މަގެއް ދުނިޔޭގެ ފައިދާހުރި، ހިިނގާން ނުލިބޭނެ މުޅި ޢުމުރުން

ތިމާގެ ފުށުން ސަފުން ދެރައެއް، ނުދޭށޭ މީހަކަށް އެއްވެސް
ޙިމާޔަތް ދޭށެ ޖަނަވާރެއް، ވިޔަސް ކާންދީ ކުލުނު ކުރަމުން

މިދުނިޔޭން އިސްވެ ދިޔަތާނގައި، އުޅުނު ހެޔޮ ރަނގަޅު މާތްމީހުން
މިދުނިޔޭގައި ނަމޫނާއޭ، އެ ރޮނގުގައި ދެއްކެވީ ޚުލުޤުން

ނަސޭހަތަކަށް ފުދޭނެ މިއީ ، ރިވެތި ޅެމެކޭ ނިކަން އަގުހުރި
ފަސޭހަކަމާއެކީ ވިސްނަން، އެނގޭ ސާދާ ޢިބާރާތުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *