...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބޯކޮށާ މީހާގެ ސުއާލު

ބޮލުގައި އިސްތަށި މާ ގިނަ ނޫން މީހަކު ބޯކޮށަން، ބޯކޮށާ ފިހާރައަކަށް ވަނެވެ. ދެން، ބޯކޮށާ މީހާ އޭނާ ގޮނޑީގައި ބައިންދައި، އޭނާގެ ބޯކޮށަން ފެށިއެވެ. ނަމަވެސް، އިސްތަށިކޮޅު މަދުވެ، ހުރި އިސްތަށިކޮޅު ބޮލުގައި ތަތްވެފައި ހުރުމުން، ބޯ ޒަޚަމްކޮށް ނުލައި، ބޯކޮށުން މާ ފަސޭހައެއް ނުވިއެވެ. ކޮންމެ އަކަސް، ކޮންމެ ކަމަކީ ވެސް އެކަމާ މެދު ވިސްނާލުމުން ހައްލު ލިބޭނޭ ކަމެކެވެ. ބޯކޮށާ މީހާ ވެސް އޭނާއާ ކުރިމަތިވި މި ބޮޑު މައްސަލައިގެ ހައްލު ހޯދިއެވެ. ތިރީގައި އެވަނީ އެވާހަކައެވެ.

ބޯކޮށާ މީހާ: އިނބަ އުޅެނީ މީހަކާ އިނދެގެން ހެއްޔެވެ؟

ބޯކޮށޭ މީހާ: އާނއެކެވެ.

އަނެއްކާ ވެސް ހިނދުކޮޅެއްކޮށްލާފައި ބޯކޮށާ މީހާ ހަމަ އެ ސުއާލުކޮށްލިއެވެ.

ބޯކޮށާ މީހާ: އިނބަ އުޅެނީ މީހަކާ އިނދެގެން ހެއްޔެވެ؟

ބޯކޮށޭ މީހާ: އާނއެކެވެ.

އަނެއްކާ ވެސް ހަމަ ހިނދުކޮޅެއްކޮށްލާފައި ބޯކޮށާ މީހާ އެ ސުއާލުކުރިއެވެ.

ބޯކޮށާ މީހާ: އިނބަ އުޅެނީ މީހަކާ އިނދެގެން ހެއްޔެވެ؟

ބޯކޮށޭ މީހާ: އާނއެކެވެ.

ތިން ވަނަ ފަހަރު، ތަކުރާރުކޮށް އެ ސުއާލު ކުރުމުން، އެ މީހާ ކުޑަކޮށް ހިތްހަމަނުޖެހި އިނދެ ބޯކޮށާ މީހާއާ ސުއާލުކުރިއެވެ. "އެއް ސުއާލެއް ތަކުރާރުކޮށް ތި ކުރަނީ ކީއްވެ ހެއްޔެވެ؟"

ބޯކޮށާ މީހާ: މާ ބޮޑު ކަމެއް ވެގެންނެއް ނޫނެވެ. އިނބަ ކުރެން މީހަކާ އިނދެގެންތޯ އަހާލާ ކޮންމެ ފަހަރު، އިނބައަށް ޖޯޝް އައިސް އާނއެކޭ ބުނުމުން އިނބަގެ އިސްތަށިކޮޅު ތަލައާ ވަކިވެ، ކޮޅަށް ޖެހި، ބޯކޮށަން ފަސޭހަވެއެވެ!

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.