...

Support Us

ކޮލަމް ކޯދު: ލޯތްބާ މެދު ބުނެފައިވާ ބުނުންތަކެއް

ތިރީގައި މިވަނީ ލޯތްބާ މެދު ބުނެފައިވާ ތަފާތު ބުނުންތަކެކެވެ.

  1. ކެރުމަކީ އެއްވެސް ޝަރުތަކާ ނުލައި، އަދި އެއްވެސް ބަދަލެއް ލިބުމުގެ އުއްމީދެއް ވެސް ނެތި މީހަކު ދެކެ ލޯބިވުމެވެ. (މަޑޯނާ)
  2. ކަލާގެ ހިތް އެހެން މީހުންނާ ހިއްސާކުރާށެވެ. އެ ހިތް ހަލާކުވެފައި ވިޔަސް ވެހެވެ. (އޭމީ ޕޮއެހލަރ)
  3. ލޯބިވުމަކީ އެހެން މީހެއްގެ ކިބައިގައި އިނބަ ވާކަން އެނގުމެވެ. (އެކްހާޓް ޓޯލް)
  4. ލޯބީގައި، އަބަދުވެސް، ބުއްދި ފިލައި ދިޔުމެއް ވެއެވެ. ނަމަވެސް، މި ބުއްދި ފިލައި ދިޔުމުގައި ބުއްދިވުމެއް ވެސް ވެއެވެ. (ފްރެޑެރިކް ނީޗޭ)
  5. އިނބައާ ގުޅޭ މީހަކީ މިވެނި މީހެއްކަން އެނގުމުން، އޭނާ ލެއްވިފައިވަނީ ހަމައެކަނި އިނބައަށް ކަމުގެ އިހުސާސެއް ވެއެވެ. ދެން، ދުވަހެއްގައި ވެސް އޭނާއާ ވަކިވެދާކަށް އިނބަ ބޭނުމެއް ނުވެއެވެ. (ޖޯ މަންޖަނިއެއްލޯ)
  6. ލޯބި ބިނާ ވަނީ، ފަހަރެއްގައި ވެސް، އެއިން އިނބައަށް ލިބިދާނެ އެއްޗެއްގެ މައްޗަކަށް ނޫނެވެ. ލޯބި ބިނާވެފައި އޮންނަނީ އެ ލޯތްބަކަށްޓަކައި އިނބަ ދޭން ތައްޔާރަށް ހުރި އެއްޗަކާއެވެ. އެއީ އިނބައަށް ލިބިފައި އޮތް ހުރިހާ އެއްޗެކެވެ. (ކެތަރީން ހެޕްބާރން)
  7. ވަރުގަދަ ލޯތްބެއް އޮތް ތަނެއްގައި، އަބަދުވެސް ވަރުގަދަ މުއުޖިޒާތްތައް ހިނގައެވެ. (ވިލާ ކޭތަރ)
  8. ވަރަށް ގިނަ މީހުން ކަލާއާއި އަހަންނާ އެކުގައި، އަގުބޮޑު ލިމޮސީން ކާރުގައި، ދާން ބޭނުންވެއެވެ. ނަމަވެސް، އަހަރެން ބޭނުން ވަނީ، ކާރު ހަލާކުވުމުން، އަހަންނާ އެކުގައި ބަހުގައި ދާނޭ މީހެކެވެ. (އޮޕްރާ ވިންފްރީ)
  9. ލޯތްބަކީ، ހާލަތަކީ އެ ހާލަތުގައި ކަލާގެ އުފާވެރިކަމަށްޓަކައި އެހެން މީހެއްގެ އުފާވެރިކަން ކޮންމެހެން ވެސް ކަލާއަށް ބޭނުންވެފައި އޮތުމެވެ. (ރޮބާރޓް ހައިންލައިން)
  10. އަހަރެންގެ ކިބައިގައި އޮތްކަން ނޭނގޭ އެތައް ކަމެއް އަހަރެންގެ ކިބައިން ކަލާ ދުއްޓެވެ. އަދި ކަލާގެ ކިބައިން އަހަންނަށް ފެނުނީ އެއީ ހަގީގަތެއް ނޫން ކަމަށް އަހަރެން ދުށް ލޯތްބެވެ. (މަޖުހޫލު)
  11. ފުރާނަ، އެ ފިލާ އޮތް ތަނުން ފިރުކިފައި ނިކުތުމަށް ލޯބި މަޖުބޫރުކުރުވައެވެ. (ޒޯރާ ހާސްޓަން)
  12. ދުނިޔެއިން ލިބެން އޮތީ އެންމެ އުފަލެކެވެ. ލޯބިވުމާއި ލޯބިވެވުމަށެވެ. (ޖޯޖް ސޭންޑް)
  13. އަހަރުމެން ހިތްހަމަޖެހޭ ވަރަށް ދުވަހަކު ވެސް ނުލިބޭ އެއްޗަކީ ލޯތްބެވެ. އަދި، އަނެކުން ހިތްހަމަޖެހޭ ވަރަށް އަހަރުމެންނަށް، ދުވަހަކު ވެސް، ނުދެވޭ އެއްޗަކީ ވެސް ހަމަ ލޯތްބެވެ. (ހެންރީ މިލަރ)
  14. ހަޔާތަކީ މަލެކެވެ. އެ މަލުގެ މާމުޔަކީ ލޯތްބެވެ. (ވިކްޓަރ ހިޔުގޯ)
  15. މީހަކު އޭނާގެ ހިތުގެ އެންމެ ފުންމިނުން ކަލާ ދެކެ ލޯބިވުމުން ކަލާއަށް ބާރު ލިބެއެވެ. އަދި މީހަކު، ކަލާގެ ހިތުގެ އެންމެ ފުންމިނުން ލޯބިވުމުން، ކަލާއަށް ހިއްވަރު ލިބެއެވެ. (ލައޯ ޓްޒޫ)
  16. ލޯބި ދިނުމުން އަބަދުވެސް ފައިދާކުރެއެވެ. (ރީސް ވިދަރ ސްޕޫން)
  17. ލޯތްބަކަށް އެއްވެސް ހުރަހެއް ނުފެނެއެވެ. (މާޔާ އެންޖެލޫ)
  18. ލޯބި އެކުލެވިގެން ވަނީ ދެ ހަށިގަނޑެއްގެ ތެރޭގައިވާ އެއް ފުރާނައިގެ މައްޗަށެވެ. (އަރިސްޓޯޓްލް)
  19. އަހަރުމެންގެ ދިރުން އެންމެ ފުރިހަމަ ވަނީ ލޯބިވެވުމުންނެވެ. (ޖޯން އަޕްޑައިކްަ)
  20. ހިތުގެ ނާޒުކުކަމާ އެއްވަރު އެހެން އެއްވެސް ސިހުރެއް ނުވެއެވެ. (ޖޭން އޯސްޓިިން)
  21. ލޯބިވެ ދިޔުމަށްޓަކައި ހިތަށް އަމިއްލަ ސަބަބުތަކެއް ލިބިފައި އޮވެއެވެ. ސިކުނޑިއަށް ވެސް އެއީ ކޮބައި ކަމެއް ނޭނގެއެވެ. (ބްލައިސް ޕަސްކާލް)
  22. ލޯތްބަކީ އޭގައި ހުޅުހިފައި ރޯވެފައިވާ ރަހުމަތްތެރިކަމެކެވެ. (އޭން ލެންޑާރސް)
  23. އަހަންނަށް ލޯބިވެވުނީ ނިދޭ ފަދައިންނެވެ. އެންމެ ފުރަތަމަ މަޑުމަޑުންނެވެ. ދެން، ހަމަ މުޅި ހަށިގަނޑު އެއްކޮށް ނިދާ ފަދައިންނެވެ. (ޖޯން ގްރީން)
  24. ހަަމަ 'ކަލާ ދެކެ އަހަރެން ލޯބިވަމޭ' އެކަނި ބުނެލުން ވެސް ފައިސާއަށް ވުރެ މާ އަގު ބޮޑެވެ. (ފްރޭންކް ސިނާޓްރާ)
  25. އެ މީހަކާ އެކުގައި އުޅެވިދާނެ މީހަކާ އިނދެގެން ނުވާނެއެވެ. އިންނަން ވާނީ އެމީހަކާ ނުލައި ނޫޅެވޭނެ މީހަކާއެވެ. (މަޖުހޫލް)
  26. ސަތޭކަ އަހަރު ކަލާ ދިރި ހުންނާނެ ނަމަ، އަހަރެން ވެސް ސަތޭކަ އަހަރު ދިރި ހުންނަން ބޭނުމެވެ. ސަތޭކަ އަހަރުން އެއް ދުވަސް ފިޔަވައެވެ. އޭރުން ކަލާ ނެތް ދުނިޔެއެއްގައި އަހަރެން ދިރިހުންނާކަށް ނުޖެހޭނެއެވެ. (ވިނީ ދަ ޕޫ)
  27. ހަގީގީ ލޯބީގެ ވާހަކައަކަށް ނިމުމެއް ނޯވެއެވެ. (ރިޗާޑް ބާޚް)
  28. ކަލާއަކީ އަހަރެންގެ ލޯބި ކަމުގެ އިހުސާސުވެދިޔުމަށްޓަކައި އަހަރެން ނުކުރާނޭ ކަމެއް ނޯންނާނެއެވެ. (ބޮބް ޑިލަން)
  29. އެއްގޮތަކަށް ވެސް ލޯބިވުމުގެ ފުރުސަތެއް ނުލިބުމަށް ވުރެ، ލޯބިވެވި އެ ލޯބި ގެއްލިދިޔުން މޮޅު އިތުރުވެގެން ވެއެވެ. (ލޯޑް ޓެނިސަން)
  30. ތެދުވެރި (ލޯބީގެ) ހިތްތަކުގެ ކައިވެނީގެ ދެމެދަށް އަހަރެން ހުރަސްތައް އެޅިއަނުދޭށެވެ.
  31. ލޯތްބަކީ ލޯތްބެއް ނޫނެވެ!
  32. ބަދަލުވުމެއް(ގެ ފުރުސަތެއް) ލިބޭ އިރަށް (އެލޯބި) ބަދަލުވެގެންދާ ނަމައެވެ.
  33. ނޫނީ (އެ ލޯބި) އުފުރައިލާނެ މީހަކު އައިސް، އުފުރައިލާން ހިފާލާ އިރަށް (އެލޯބި) ލެނބި (އުފުރޭ) ނަމައެވެ.
  34. ނޫން، ނޫނެކެވެ! އެއީ އަބަދުގެ އަބަދަށް ޖެހިފައިވާ ފާހަގެއެކެވެ.
  35. ތޫފާނުތަކަށް ބަލަހައްޓައިގެން ހުރެއެވެ. (ދެން ވެސް އެއަށް) އެއްވެސް ގުޑުމެއް ނާރައެވެ.
  36. އެއީ މަގު ގެއްލިފައިވާ އުޅަނދަކަށް ފެންނަން ހުންނަ ތަރިއެކެވެ.
  37. އެތަރީގެ ހަގީގީ އަގެއް ނޭނގޭއެވެ. އެ ތަރީގެ އުސްމިން ދެނެގަނެވުނަސް ވެހެވެ.
  38. ލޯތްބަކީ ޒަމާނަށް ސޭކު ހެއްދޭ އެއްޗެއް ނޫނެވެ. ޖަންބު ތުންފަތްތަކާ ކޯތާފަތްތައް (ޒަމާނުގެ) ބަޅުވަޅީގެ ދާއިރާގެ ތެރެއަށް އައިކަމުގައި ވިޔަސް ވެހެވެ.
  39. ލޯބި ބަދަލެއް ނުވާނެއެވެ. މަދު ސާއަތް ކޮޅަކާއި ހަފްތާ ކޮޅެއް ވޭތުކޮށްލުމަށް ފަހުއެވެ. ނަމަވެސް (ލޯބި) ދެމިގެންދެއެވެ. މަރުގެ ތުންފަތްމައްޗާ ހަމައަށްދާންދެނެވެ.
  40. މިއީ ދޮގެއް ކަމަށްވާ ނަމަ، އަދި އެކަން ސާބިތު ކޮށްދެވިއްޖެ ނަމަ، އަހަރެން ދުވަހެއްގައި ވެސް ނުލިޔަމެވެ. އަދި އެއްވެސް އިންސާނަކު (އެހެން މީހަކު ދެކެ) ލޯތްބެއް ވެސް ނުވެއެވެ. (ޝޭކްސްޕޔަރ، ސޮނެޓު 116)

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.