Support Us

މެންދުރުފަހުގެ ސެޝަނަށް މަޖީދިއްޔާ ސްކޫލަށް ކުދިން ވަންނަނީ.. އަދިވެސް ފޮޓޯ

މުސާރަ ބޮޑުވީމާ އުފާކުރާއިރު ވަޒީފާގެ ޒިންމާ؟

ކަމަކާ ނުލައި ސަލާމް ބުނެފައި އަދި ވަޒީފާ އަދާކުރާ ތަނުގައި އިތުރު މަސައްކަތެއް ކުރަންވީމާ ޝަކުވާކޮށްފައި، ގަޑިޖެހިގެން ސްކޫލަށް ގޮސްފައި ބްރޭކް ގަޑީގައި ގެއަށްގޮސްފައި ދެން އެ ދުވަހު ހަތަރުދަމު ބޭރުގައި އުޅެގެން މުސާރަ ހަލާލެއް ނުވާނެއެވެ. ހަގީގަތަކީ މިއަދުވެސް ސްކޫލު މާޙައުލުގައި އަބަދުވެސް އިވެނީ މިވެނި ކަމެއް ކުރަންޖެހޭތީވެ ކުރާ ޝަކުވާގެ އަޑެވެ. ކުދިންނަށް އުނގަންނައިދިނުމުގެ ރޫޙުގައި އެކަން ކުރެވެނީ ވަރަށް މަދު މުދައްރިސަކަށެވެ.

މިއަދު ތައުލީމީ ޙަޔާތުން ނުކުންނަ ދަރިވަރުންނަކީ އަދަބު އަޚުލާގާ ދުރު، ދީނާ ދުރު ބަޔަކަށް ވެފައި މިވަނީ މައިންބަފައިން އެކުދިން ދޫކޮށްލައި އެދުރުން ވެސް ނަގަންޖެހޭ ޒިންމާއިން ދުރަށްޖެހިލެވޭތީއެވެ.

މުސާރައިގެ ވާހަކަ ދައްކާއިރު ތަނުގެ ވެރިންނަށް ގޮންޖަހާލުމުގެ ގޮތުން މަސައްކަތަށް ފަރުވާ ކުޑަކުރާ އެތައް މުވައްޒަފުންނެއް ތައުލީމީ ދާއިރާއިން ފެންނަކަމީ ހަގީގަތެވެ. އިލްމު ދިނުމަކީ ބުރަ މަސައްކަތެކެވެ. ނަމަވެސް އެއީ ތިމާ ކުރާ ހިތުން ކުރާ މަސައްކަތަށް ވާންޖެހެއެވެ. ލައްކައިން ދިނަސް ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރެވޭނަމަ އޭގައި ފައިދާއެއް ނެތެވެ.

އިތުރު ހަރަކާތަށް ދަރިވަރުން ޕްރެކްޓިސަށް ގޮވައިގެން ގޮސްފައި ތިމަންނަމެންނަކަށް އަމިއްލަ ދިރިއުޅުން ކަމެއް ކުރާކަށް ވަގުތެއް ނުލިބެޔޭ ކިޔައި، ކުދިން ކުރިމަތީ އެ ވާހަކަތައް ދެކެވޭކަމީ ފެންނަން ހުރި ހަގީގަތެކެވެ. ހަލާލު މަސައްކަތެއްގައި ހޯދޭ ފައިސާއަކީ ތިމާއަށް ހަލާލުވާ މިންވަރަށް މަސައްކަތް ކޮށްގެން ހޯދާ އެއްޗަކަށް ވާންޖެހޭނެއެވެ.

ގަނޑުގައި ލިޔެފައި އޮތް ޑިގްރީގެ ނަމަށް ނެގޭ މުސާރައަކީ ސޮއިކޮށްލާފައި ގޮސް އަމިއްލަ މަސައްކަތުގައި އުޅެގެން ހަލާލުވާނޭ އެއްޗެއް ނޫނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *