އަމާންވީ ސުލްޙަވެރި ވެށްޓެއް ލިބުންވޭ ނިޢުމަތެއް ކަމުގައި
އަމާޒަށް ވެވުނުނަމަ ވާޞިލު އެވާނީ ރަޙުމަތެއް ކަމުގައި
ތަނެއްގައި ފިތުނަ އުފެދި އެއަށް ދެވޭނަމަ ޖާގަ އެތަނެއްގައި
ތަނެއް އަމަށުން ނުުުއޮންނާނޭ ޙަގީގަތް ހާމަވާ އިރުގައި
މިސާލެއްކަމު ހިނގާބަލަމާ އުޅޭ މީހުން އޮފީހެއްގައި
މަގާމުގެ ނަން ތަފާތުވިޔަސް އުޅެން ޖެހިފައި ވަނީ އެކުގައި
އެހެން މީހަކު ތިމާއަށްވުރެ އަރާނޭ ކުރި ހިތަށް އަަރުވައި
އެހެން ކަންތައް ކުރާމީހުން ނުވާނެ ރަނގަޅު ބައެއް ކަމުގައި
ތަފާތެއްނެތެ ކަތުރުފަނިކާ އުސޫލު ވަނީ ފަސާދައިގައި
ނިފާގުން ހިތް ފުރިއްޖިއްޔާ ހެެދޭނޭ ގޯސް ނުރަނގަޅުހައި
ތިމާގެ އަޚާގެ މުޅަމަސްކައި އުޅުންވީ އާދައެއް ކަމުގައި
ކުރާ އެ ޢަމަލު ނުބައިކަން އެނގުނަކަސް ކުރެޔޭ ޙަގީގަތުގައި
ދިމާކުރުމާ ޙަސަދަ ވެރިވީ ބަހުން ވައް "ގާ" އުކާއިރުގައި
ކަމާމެދު ފިޔަވަޅެއް ނޭޅުން އެވާނޭ ދެރަ ކަމެއް ކަމުގައި
އިޢާދަވަމުން މިހެން ކަންތައް ނުދާނެ ގޮތާ މެދަށް ވިސްނައި
މިއާދަ ނުބައި ތަނުންފިލުވުން އެވާނެޔެ ވާޖިބެއް ކަމުގައި
ވެގެން ޒިންމާ އެފަދަ ކަންކަން ކުރޭ އިސްލާޙު ހެޔޮގޮތުގައި
ހިނގަން ފުރުޞަތު ނުދޭނަމައީ އުފާވާނޭ ޙަގީގަތުގައި
One Response
ވަރަށް ވެސް ފުރިހަމަ އިނގޭތޯ