Support Us

ކޮލަމް ކޯދު: އޮލަ ވާހަކަ ދައްކާ ބައެއްގެ ވާހަކަ

ކޮންމެ ދުުވަހަކު އަންހެނުންގެ ޖަމާއަތެއް ބަގީޗާއަށް އައިސް ގަހެއް ދަށުގައި ހުރި ގޮނޑިއެއްގައި ތިބެ ސައިބޮއި، އޮލަ ވާހަކަދައްކައި، ހީނ ހަދާކަން ބަގީޗާ ބަލަހައްޓާ މީހާއަށް ފާހަގަކުރެވުނެވެ. މި ޖަމާއަތް، ހަފްތާއެއް ވަންދެން، މި ބަގީޗާއަށް އައިސް އެ ގޮތަށް އޮލަ ވާހަކަތައް ދެއްކުމަށް ފަހު، އަށްވަނަ ދުވަހު، އެންމެން ވެސް ތިބީ ވަރަށް ހިމޭނުންނެވެ. އެކަކު ވެސް އެއްޗެއް ނުބުނެއެވެ.

މިކަމާ ބާޣުބާނު ހައިރާންވެގެން، އޭނާ ކައިރިއަށް، އެތަނުން އެކަކު ގެނެސް، އޭނާކުރެން، އަހާލިއެވެ. މިއަދު، އެންމެން ހިމޭންވީ އަނެއްކާ ހިތާމަވެރިކަމެއް މީހަކަށް ދިމާވީ ހެއްޔެވެ؟ ދެން، އެ އަންހެން މީހާ ބުންޏެވެ. ނޫނެކެވެ. "މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. ކޮންމެއަކަސް، މިއަދު އެންމެން ހަމަވީއެވެ!"

ދެން، މިކަމުން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ޖަމާއަތެއްގައި ހިމެނޭ ނަމަ، އަދި، ތިމާގެ މަސް ކެއުމަށް އެހެން މީހުންނަށް ފުރުސަތަދޭން ބޭނުން ނޫން ނަމަ، ހުރިހާ އެއްވުންތަކަށް ހާޒިރުވުމަކީ ބުއްދިވެރިކަމެވެ!