Support Us

ދިރިއުޅުމުގެ ފުރުޞަތު ނުއަގުގައި ނަގައިނުލާށެވެ!

ޙަޔާތުގެއަގު ނުއަގުގައި ފަހެ، ނަގައިލާން ހެޔޮ ނުވެސްވާނޭ
ވަޔާ ބުރުވައި ލެވޭ އަގުނެތް ޢަމަލު ކޮށްގެން ނުވެސްވާނޭ

ފަރާތެއް ވެރި ނުވާނަމައީ މަރާ ދިރުމާ ފަނާވެދިއުން
ބަރާބަރު މިންގަނޑެއްގައި ހަމަ ހިނގާތީއެއް ނުފެންނާނޭ

މުލައްދަނޑިއަށް ލިބޭ ބާރުގެ ނަހަމަ ބޭނުން ހިފާ މީހުން
ދުލަށް ސަހަރޯގެ ބަސްތައްއޮހި އަރުން ހިތިރަހަ ނިކަންލާނޭ

އަގުން ހެޔޮ މިންވަރެއް ވަގުތުގެ ނުހޯދައިއޮވެ ނިދައިފިއްޔާ
ވަގުތު ފާއިތު ކުރެވިފައިވީ ގޮތާމެދު ދެރަވެގެން ރޯނޭ

ބޮޑޭ ދުނިޔޭގެބިން ހީކޮށް ކޮނޑާ ގިރުވާން ކޮޅަށްޖެހިޔަސް
ވޮޑޭ ތުނޑި ދާގޮތަށް ގިރިގެން މިބިން ދާކަން އެނގެންވާނޭ

ހަތަރު ޢުންޞަރުގެ އަޞްލުތަކުން އުފެއްދެވި ބިމުގެ ބާރު އަަދައި
ފަތަޙަކުރި މީހުނަށް ބާރާ މުދާތައް ގެއްލިގެންދާނޭ

ރަހުން ދުނިޔޭގެ ގަދަފަދަވީ އުޅުނު އެކިއެކި ޒަމާންތަކުގައި
ފަހުން ސަންދޯކު ވަޑުވާފައި ރަހުން ވަޅުލެވުނު ފެންނާނޭ

ލަފާގޮތުގައި އުޅެން އެންގެވި ނަބިއްޔުން ޢަދަދު ގިނަ ނަމަވެސް
ނަފާ ރުސުލުން ފުށުން ހޯދުނު ކަތުން ގިނައެއް ނުއެއްވާނޭ

ވިރޭ ގަނޑުފެންކޮޅެއް ފަދައިން ޢުމުރު މީހާގެ ހުސްވާކަން
ދިރޭ ދުވަހުން އެނގޭ ހިނދުގައި ކުރާނެކަމެއް ނުއޮންނާނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *