Support Us

ކޮލަމް ކޯދު: ސިޔާސަތާއި ބާރާ ބެހޭ ގޮތުން ނެޕޯލިޔަންގެ ބަސްކޮޅެއް

ނެޕޯލިޔަން ބޮނަޕާޓަކީ ފަރަންސޭސި ވިލާތުގެ ސިޔާސީ އަދި އަސްކަރީ ލީޑަރެކެވެ. ފަރަންސޭސި ވިލާތުގެ ވެރިކަމަށް ނެޕޯލިޔަން އިސްކުރީ 1799 ގައެވެ. އަދި، ފަހުން، 1804 ފެށިގެން 1814 ވަނަ އަހަރާ ހަމައަށް، ފުރާންސުގެ އެމްޕަރާގެ ލަގަބު ލިބިގަނެ، އެ ނަމުގައި ވެރިކަންކުރިއެވެ. އަދި 1814ގައި އޭނާ ވެރިކަމުން ދުރުކުރެވުނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށް 1815 ވަނަ އަހަރު އޭނާ އެނބުރި ވެރިކަމަށް އައެވެ. ހަމަ އެ އަހަރު އޭނާ ވެރިކަމުން ދުރުކޮށް ސެންޓު ހެލީނާއޭ ކިޔުނު ރަށަށް އޭނާ އަރުވާލައި، އެތަނުގައި އޭނާ ނިމިދިޔައެވެ.

ތިރީގައި އެވަނީ ނެޕޯލިޔަންއަށް ނިސްބަތް ކުރެވޭ، ސިޔާސަތާއި އަދި އަސްކަރީ ކަންކަމާ ބެހޭ ބުއްދިވެރި ބަސްކޮޅެކެވެ.

  1. ބޯ ހަމަނުޖެހިވުމަކީ ސިޔާސީ މައިދާނުގައި ނުކުޅެދުމަކަށް ނުވެއެވެ.
  2. ފުއްލާއެއްގެ ޒައާމަތުގެ ދަށުގައިވާ ސިންގާތަކެއްގެ ލަޝްކަރެއް، ސިންގާތަކެއްގެ ލަޝްކަރަކަށް ނުވާނެއެވެ.
  3. ކަލޭ ހީކުރަނީ ކަލެއަކީ މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރުމަށް ވުރެ ވެސް ވިސްނުން ތޫނު މީހެެއް ކަމަށް ހެއްޔެވެ؟ އަހަންނަކީ އެ ފަދަ ވިސްނުން ތޫނު މީހެއް ނޫނެވެ.
  4. ސިޔާސީ މައިދާނުގެ ރަހުމަތްތެރިންނާ މެދު، އަބަދުވެސް، މުއާމަލާތްކުރަން ޖެހޭނީ ކޮންމެ ވެސް ދުވަހަކު އެމީހުން ދުޝްމަނުންނަށް ވެދާނޭ ކަމަށް ބަލައިގެންނެވެ.
  5. ވަރަށް ގިނަ ފަހަރު، ސިޔާސީ ވެރިން ކާމިޔާބު ހޯދަނީ ހުރިހާ ކަމެއް ކުރަން ވައުދުވެފައި އެއްވެސް ވައުދެއް ނުފުއްދައެވެ.
  6. ދުނިޔެ ބަދަލުކޮށްލާ މީހުން އެކަންކޮށް ކާމިޔާބު ހޯދަނީ، އެމީހުންގެ ކޮޅަށް ރަށުގެ ކަމުވޮށިގެންވާ ބަޔަކު ގެނެސްގެންނެއް ނޫނެވެ. އާންމު ރައްޔިތުން ހިލުވާލައިގެންނެވެ.
  7. ރައްޔިތުންނަށް ލިބިފައި އޮންނަ ވެރިކަން ކުރުމުގެ ބާރަކީ އެމީހުންގެ ކިބައިން ނިގުޅައި ނުގަނޭވޭނޭ ހައްގެކެވެ.
  8. މަޖުބޫރުކުރުވުމަކީ ޖަނަވާރުންނަށް އޮންނަ ގާނޫނެވެ. އިންސާނުންގެ މައްޗަށް ގާނޫނުތައް ހިންގާލެވެނީ، އެކަމާ ރުހި ގަބޫލުކުރެވިގެންނެވެ.
  9. ހަނގުރާމައިގައި ކާމިޔާބު ލިބޭ މީހުން ކަންތައް ކުރާ ގޮތުގެ މައްޗަށް ބަލިވި މީހުން ގޮތް ކިޔެން އޮތުމަކީ ހެއްވާ ކަމެކެވެ.
  10. ރަނގަޅު މާތް މީހުންގެ މައްޗަަށް ވެރިކަމުގެ ބާރު ހިންގާލެވެން ޖެހޭނީ ހެޔޮ، މަޑުމައިތިރި ވަސީލަތްތައް ބޭނުން ކޮށްގެންނެވެ. ނަމަވެސް، ތަނެއްދޮރެއް ނުދަންނަ ޖާހިލު ބައެއްގެ މައްޗަށް ވެރިކަމުގެ ބާރު ހިންގާލެވެނީ ބިރުދައްކައިގެންނެވެ.