Support Us

އާދަޔާއި ޚިލާފް ކައިވެނީގެ ރަން…

ސަޙާބީ ބޭކަނބަލެއް ކަމުގައިވާ އައްސައްޔިދާ އުއްމު ސުލައިމުގެ ކައިވެނިފުޅަށް އެދިގެން އަބޫތަލްހަތް ރަޟިޔަﷲ އަންހު ހުށަހެޅުއްވިއެވެ. އޭރު އަބޫތަލްހަތު ހުންނެވީ ކާބަފައިންގެ ދީންމަތީގައެވެ. އެހެންވެ އުއްމު ސުލައިމު އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. "އޭ އަބޫ ތަލްހަތުއެވެ. ކަލޭގެފާނު އަޅުކަން ކުރައްވާ ކަލާނގެ އަކީ ގަހެއް (ލަކުޑިން ހަދާފައިވާ ބުދެއް) ކަން އެނގިވަޑައިގަންނަވާތޯއެވެ؟ އެގަސް ފެޅީ ބިމުންނެވެ. އެގަސް ކޮށައިމަށައި އޭގެން ބުދެއް ހެދީ ހަބަޝާގެ އެވެނި މިވެނި މީހެކެވެ."

އެހިނދު އަބޫތަލްހަތު ދެންނެވިއެވެ. "އަޅުގަނޑަށް އެކަން އެނގެއެވެ."

އުއްމު ސުލައިމު ރައްދުގައި ވިދާޅުވިއެވެ. "ފަހެ އެއަށް އަޅުކަންކުރަން ލަދުފުޅުވަޑައިނުގަނޭތޯއެވެ؟ އަޅުގަނޑާ ކައިވެނި ބައްލަވާން ބޭނުންފުޅު ނަމަ އިސްލާމްވެ ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ ކައިވެނީގެ ރަނަކީ އެއީއެވެ."

ދެންފަހެ އަބޫތަލްހަތު އިސްލާމްވެ ވަޑައިގައިތުމުން އެކަމަނާ އެކަލޭގެފާނާ ކައިވެނިފުޅު ބައްލަވައިވަޑައިގެންނެވިއެވެ. އެހެން ރަނެއް އެކަލޭގެފާނުގެ އަތްޕުޅުން ނާތުލައްވައެވެ.

  • މަސްދަރު: އަބްދުﷲ ފާރޫގު ހަސަން ލިޔުއްވާފައިވާ "ސަހާބިއްޔާތުންގެ ނަމޫނާ"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *