Support Us

ފެނުނީ ބަދަލުވި ސިފަ… ސަބަބު އަހައިލި އެކަކުވެސް ނެތް!

އުޚުތަކު ބުނެދިނެވެ. "އަހަރެންގެ ހަޔާތުގެ ކަޅު ސަފްހާއަކަށްވި ހަމައެކަނި މައްސަލައަކީ ވިހައިގެން ފަލަވުމެވެ. އެކަމަކު އެކަކަށްވެސް ނުވިސްނުނީ ފަލަވި ސަބަބެވެ. ރައްޓެހިންނާއި އާއިލާގެ މީހުންނާއި ދެކެފަރިތަ ކޮންމެ މީހަކުވެސް "އެކަމަކުވާ ހާދަ ފަލައޭ" މިހެން ނުބުނާ ވަގުތެއް ނުދެއެވެ. ސީދާ ދިމާލަށް "ފަލަކަމުން ސިފަ ގެއްލިއްޖެޔޭ، ހިކެންދާށޭ" ވެސް ބުނަނީ މަދެއްކޮށެއް ނޫނެވެ."

ފިރިމީހާވެސް "މަދުން ކާންވީނޫންހޭ ކަސްރަތުކޮށްބަލާށޭ" ބުނެއެވެ. އެކަކުވެސް ބަލައިނުލީ ކާން ވަގުތު ވި ތޯއެވެ؟ އަހައިނުލީ ނިދަނީ ކިތައް ގަޑިއިރުހެއްޔޭއެވެ؟ މަންމައަކަށް ވުމުން އައި ބަދަލާއި ދަރިފުޅަށް ހަ މަސްވަންދެން ގާތުން ދޭން އެ ދަރިފުޅަށްޓަކައި ވާ ޤުރުބާނީ އެއްވެސް ލޮލަކަށް ނުފެނެއެވެ.

ރޭގަނޑު ގަޑިއަކު އެއްފަހަރު ދަރިފުޅު ހޭލައިގެން ގާތުން ދީ ގޭތެރެއާއި ދަރިންގެ ކަންކަން ބަލަހައްޓަމުން ކާ އެއްޗެއް އަނގަޔަށް ލެވޭއިރު ހުންނަނީ އިރުއޮއްސިފަކަން ފެނުނު ލޮލެއްނެތެވެ.

ދަރިފުޅުގެ އުމުރުން ފާއިތުވާ ކޮންމެ ދުވަހަކާއެކު ބަދަލުވަނީ މަންމަގެ އުޅުންކަމާއި ވަގުތު ނުލިބެނީ އެ މަންމަގެ ޒަރޫރީ ބޭނުންތަކާއި އަމިއްލަ ނަފުސު ބަލަހައްޓަންކަން ޗެކްކޮށްލި އެކަކުވެސް ނެތެވެ.

ދުވަސް ފެށީ ގޮހޮރަށް އެއްޗެއް ލައިގެންތޯ އަހައިލި ދުލެއް ނުވާއިރު "އެކަމަކުވާ މޫނު ހާދަ ކަޅޭ! ސިފަ ގެއްލިއްޖޭ" ބުނެ ފާޑުކިޔައިލައިފައި ނޫނީ އެކަކުވެސް ނުދެއެވެ.

އެންމެންގެ އަނބިންނެއް ފަލައެއް ނުވާނެއެވެ. ލޯތްބާއި އަޅާލުން ލިބޭ ނަފްސަކާއި އަހާލާނެ، އަޅާލާނެ، ބުނެލާނެ ދުލެއް ނެތް ނަފްސަކަށް އަންނާނެ ބަދަލު ވިސްނާނެ ސިނކުޑިއެއް ނެތެވެ.

ފެންވަރާ ނަލަވެގެން ހުރި ނަމަވެސް އެންމެންނަށްވެސް ފެންނާނީ ފަލަ ހަށިގަނޑާއި ކުލަ މަރުވެފައިވާ ހަންގަނޑެވެ. ދަރިންގެ ޅައުމުރު މަންމަގެ ގުރުބާނީ ވަޒަންކުރާނެ ލޮލެއް ނުފެންނާއެވެ.

ހަމަ އެހެންމެ ހަށިގަނޑު ހިކި އަނަރޫފަވި ނަމަވެސް ބުނެލާނީ ސިފަ ގެއްލިއްޖެ ކަމަށެވެ. ނުކަނީހެއްޔެވެ؟

ކުދިން ލިބުމުން އަންހެނާއަށް ބަދަލު އަންނާނީ އެ ހިޔާވައްސަކުން އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ލިބޭ މިންވަރެއްގެ މައްޗަށެވެ. މިއީ އެންމެންވެސް ދަންނަންވެއްޖެ ކަމެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
212
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *