Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދެ ލީޑަރެއްގެ އިޚުތިޔާރުގެ ވާހަކަ

ވަރަށް ކުރީގައި، އެވޭލާ ޒަމާނު، އަހަރުމެންގެ ކާފައައި މާމަމެން ވެސް ދުނިޔެއަށް އައުމުގެ މާކުރީ ޒަމާނު، ރަހުމަތްތެރި ދެ ލީޑަރަކު ބައްދަލުވެ، ސަލާން ގަލާންކުރުމަށް ފަހު، ވާހަކަ ދައްކަމުން ދިޔައެވެ.

ޖަރުމަނު ވިލާތުގެ ލީޑަރު ބުންޏެވެ. އަހަރެންގެ ކުރިމަތީ އޮތީ ދެ ޚިޔާރެކެވެ. ދެ ގޮތެކެވެ. ގައުމުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްކޮށް ޖަރުމަނުވިލާތަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބާރުގަދަ ގައުމަކަށް ހަދާލުމެވެ. ނޫނީ، އެ ގޮތް މިގޮތް ހަދައިގެން، ވެރިކަމަށް އައިސް، އަދިވެސް އެގޮތް މިގޮތް ހަދައިގެން ވެރިކަމުގެ ގޮނޑީގައި ފޫ ހިއްޕާލާފައި، އެ ގޮނޑިއަކީ އަހަރެންގެ އަމިއްލަ މިލްކެއް ކަމަށް ހަދާލުމެވެ. ދެން، ދައުލަތުގެ ޚަޒާނާއިން ނަގައިގެން އަހަރެންނާއި އަހަރެންގެ އާއިލާ މުއްސަނދިކޮށް، ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކޮށް ފޫހިފިލުވުމެވެ. މި ދެ ގޮތުން ކުރެ، އަހަންނަށް ފެނުނީ ފުރަތަމަ ގޮތް ރަނގަޅު ކަމަށެވެ. އެހެންވެ، އަހަރެން ބޭނުންވީ އެ ގޮތެވެ. އަހަރެންގެ ގައުމު މުއްސަނދިކޮށް، އަހަރެންގެ ގައުމުން، ފަގީރުކަމާއި މުހުތާދުކަން ނައްތާލައި، އަހަރެންގެ ގައުމަކީ އުފެއްދުންތެރިކަމާއި ފުދުންތެރިކަން އޮތް، އިއްޒަތާ ގަދަރު ހުރި، ބާރުގަދަ ގައުމަކަށް ހަދާލައި، އޭގެ ހަގީގީ މާނައިގައި ގައުމު ބިނާކޮށް ގައުމު ތަރައްގީ ކުރުމެވެ.

ދެން ދިވެހި ލީޑަރު ބުންޏެވެ. ވަރަށް ވެސް ދެރައެވެ. ތި ދެ ގޮތުން ފުރަތަމަ ގޮތް އިނބަ ނެގުމުން، ބާކީ އޮންނާނީ ދެވަނަ ގޮތްތާއެވެ. އެހެންވެ، އަހަންނަށް ލިބޭނީ ބާކީ އޮތް އެއްޗެއް ނޫން ހެއްޔެވެ؟ ނަމަވެސް، އެކަމާ މެދު އަހަރެން ކުޑަވެސް ޝަކުވާއެއް ނެތެވެ. ހިތް ހަމަޖައްސާލައިގެން ހުރެ، ދެވަނަ ގޮތް އަހަރެން އިޚްތިޔާރުކޮށްފީމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12

One Response

  1. ދެވަނަ ގޮތްވެސް ދިވެހި މީހާއަކަށް ނުވި. ހަމަހެޔަކު ނޫން ތިބެނީކީ. އެކަކު އަނެކަކަށް ޒިނޭއަށާ މަސްތުވާ ތަކެތި ބޭނުންކުރާ ކަމަށް ގޮވަނީ.. ޖަރުމަނު ކުރިޔަށް ޖަހާލިއިރު ރާއްޖެ ދުވަހަކަށްވުރެ ދުވަހަކު އަޑިޔަށް މިދަނީ މި ބޮލުރޮދި ކެނޑިފަ ތިބި ޚުލްގު ނުބައި ސިޔާސީ ބައެއް މީހުނާ ހެދި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *