ރަމަޟާންމަހަކީ ކަނބަލުންނަށްވީ ޢިމްތިޙާނެކެވެ. ރޯދައިގެ ދަރުމައާއި ސަވާބު ޙާސިލްކުރަން ލިބޭ ރަނުގެ ފުރުސަތެއްގެ އިތުރުން ރޯދަވެރިޔާގެ ރޯދަވީއްލުން ތައްޔާރުކޮށްދީ ސަވާބު އިތުރުކޮށްލަން ލިބޭ އަގުހުރި މައްސަރެކެވެ.
އެކަމަކު ސުފުރާމަތި ތައްޔާރު ކުރަން ނަމާދު ނާޅާށެވެ. ދެއްކުންތެރިކަން އިސްކޮށް ކާތަކެތިން އިސްރާފުކުރާ އުޙްތަކު ކަމުގައި ނުވާށެވެ. ލޯބިވާ މީހުންނަށް ރޯދަ ވީއްލަން ތައްޔާރުކޮށްދިނުމަކީ ބުރައެއް ކަމުގައި ދެކި ޝަކުވާ ނުކުރާށެވެ. އައުރަ ޙާމަކޮށް ރޯދައަށް ހުރެ އެހެން މީހުންނަށް ތިއްތި ދެއްކޭ އިސްތިހާރެއް ކަމުގައި ހަށިގަނޑުގެ ވަނާތައް ހާމައަށްލައި ސޯޝަލް މީޑިޔާގައި ރޯދަކުރުކުރާ އުޙްތަކު ކަމުގައި ތިބާނުވާށެވެ.
ނަމާދު ބުރުގާއަކީ ތިމާ ރޯދައަށް ހުރިކަން ދައްކުވައިދޭ ދެއްކުންތެރި ފޮތިކޮޅަކަށް ހަދައި، ކުރާ ކޮންމެ ނަމާދެއް ސޯޝަލް މީޑިޔާގައި އާއްމުކުރާ އުޚުތަކަށް ނުވާށެވެ.
ހިލޭ ފިރިހެނުންނާ ގުޅުން ބާއްވައި، ރޯދައިގެ މަތިވެރި އަޅުކަން ނަޖިސްކުރާ ކަނބަލަކަށް ނުވާށެވެ.
އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ދެއްކުންތެރިކަމަކީ ތިބާ ކުޅަ ހެޔޮ އަމަލު ނެތިފަނާކޮށްލާ ކަމެކެވެ.



advertisment