Support Us

ކޮލަމް ކޯދު: ކުރުވާހަކަ- ދަތުރުވެރިޔަކާއި އޭނާ އަތުން ގެއްލުނު ކުޑަ ފައިސާކޮޅެއްގެ ވާހަކަ

މުދައްރިސު ކިލާހަށް ވަންނަވައިފައި، ކިލާސް ކުދިންނާ މުޚާތަބުކޮށް، ބުނުއްވިއެވެ. "ކަލޭމެން ކުދިން ދަތުރެއްގެ މަތީގައިވާ ކަމަށް ހީކޮށްލާށެވެ! އަދި، ކަލޭމެންގެ ޖީބުގައި 86،400 ޑޮލަރު އޮތް ކަމަށް ވެސް ހީކޮށްލާށެވެ. ދެން، މީހަކު އައިސް ކަލޭމެންގެ ޖީބުން 10 ޑޮލަރު ނަގައިގެން ދުއްވައިގެންފިއްޔާ ކަލޭމެން ކަންތައް ކުރާނީކިހިނެއް ހެއްޔެވެ؟ ކަލޭމެންގެ ޖީބުތަކުގައި ބާކީ އޮތް 86،390 ޑޮލަރު ހިފައިގެން ދަތުރައިގެން ކުރިއަށް ދާނީ ހެއްޔެވެ؟ ނުވަތަ 10 ޑޮލަރު ހޯދަންވެގެން އެމީހާ ފަހަތުން ދުވާނީ ހެއްޔެވެ؟"

ދެން ޖަބާވުގައި ކުލާހުގައި ތިބި ކުދިން ބުންޏެވެ. ޖީބުގައި ބާކީ އޮތް ފައިސާ ހިފައިގެން ދަތުރައިގެން ކުރިއަށް ދާނީއެވެ.

ނަމަވެސް، މީސްތަކުން ކަންތައް ކުރަނީ ތިބުނާހެނެއް ނޫނެވެ. މުދައްރިސު ބުނުއްވިއެވެ. އެ ދިހަ ޑޮލަރައިގެން މީސްތަކުން އުޅެ، އަދި އެކަމުގެ ސަބަބުން، ބާކީ ހުރި ފައިސާވެސް އެމީހުންގެ އަތުން ބީވެގެންދާނޭ ގޮތަށް، އެމީހުން ކަންތައް ކުރެއެވެ.

ދެން ކުދިން އެއްސެވެ. އެއީ ކިހިނެއްވާނޭ ކަމެއްތޯއެވެ؟ އެފަދައިން ކަންތައް ކުރާނީ މޮޔައެއް ނޫން އެހެން ކާކުތޯއެވެ؟

މުދައްރިސު އޮޅުން ފިލުވައިދެއްވިއެވެ. ދުވާލަކަށް ކަލޭމެން ކުދިންނަށް 86،400 ސިކުންތު ލިބިފައި އޮވެއެވެ. ކަލޭމެންގެ ތެރެއިން ކުއްޖަކާ ދިމާއަށް 10 ސިކުންތުގެ ނުރުހޭ ނުވަތަ ރުޅިއަންނަ ކަހަލަ ބަހެއް މީހަކު ބުނެފި ނަމަ، އެކަމާ ކަންބޮޑުވެ ފިކުރުކުރުމުގަައި، ދުވަހުގެ ދެން ބާކީ އޮތް 86،390 ސިކުންތު އެ ކުއްޖާ ނަގާލައެވެ!

އެހެންވެ، މީހެއްގެ ފަރާތުން ދިމާވާ ހިތްހަމަނުޖެހޭ ކުޑަކުޑަ ކަމަކާ ހުރެ، ނުވަތަ އިވޭ ނުރުހުމުގެ ބަހަކާ ހުރެ، ނުވަތަ ޖެއްސުމަށް ބުނާ ބުނުމަކާ ހުރެ، މުޅި ދުވަސް ހޭދަކޮށްލާކަން ނުވާނެއެވެ. އެންމެން ރުއްސުމަކީ ވާނޭ ކަމެއް ނޫނެވެ. އަދި، ކުރަން ޖެހޭނޭ ކަމެއް ވެސް ނޫނެވެ. އެއްވެސް މީހަކު ހަސަދަ ނުލާނޭ ގޮތަކަށް، ނުނީ އެންމެން ރުހޭ ގޮތަކަށް އެއްޗެއް ނުބުނެވޭނެއެވެ. މީހުން ރުހުމާއި ނުރުހުން އެމީހުންގެ އަތްމައްޗަށް ދޫކޮށްލާށެވެ. ކަލޭމެން ކުދިން، ތިބީ ހައްގު ގޮތުގައި ކަމަށް ކަލޭމެން ކުދިން ގަބޫލުކުރާ ނަމަ، އަދި، އެއްވެސް މީހަކަށް އެއްވެސް ދޯކާއެއް ކަލޭމެން ކުދިން ނުދޭ ނަމަ، ކަލޭމެން ކުދިން ހިތްހަމަނުޖެހިގެން ކަލޭމެން ކުދިންގެ ދުވަސް ޚަރާބުކޮށްލާނޭ ސަބަބެއް ނެތެވެ. ވަގުތުގެ އަގު ފައިސާގެ އަގަށް ވުރެ އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނޫނެވެ. އެހެނީ ފައިސާ ހޯދަނީ ވަގުތު ބޭނުންކޮށްގެން ކަމަށް ވާތީއެވެ. އެހެންވެ، ކަލޭމެން ކުދިން ބުނި ފަދައިން، ވަގުތު ބޭކާރުކުރާ، މޮޔައިންނަށް ކަލޭމެން ކުދިން ނުވާށެވެ!

ދެން، އަވަހަށް ފޮތްތައް ހުޅުވައި ފިލާވަޅާއިގެން ކުރިއަށް ދަމާ އަންނާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ޑޜ. ގެ ކޯދު ކޮލަމް ކިޔާހިތުން ހަމަ ކެތްނުވޭ ބައެއްފަހަރު ހެނދުނު އަރާ އިރާއެކީގަވެސް ބަލާލެވޭ ކޯދަށް. އަހަރެންގެ ހިތަށް އަރަނީ ކޮންދުވަހަކުން ބާވައޭ އަހަންނަށް ޑރ.ހާ މޮޅަށް ލިޔަން އެނގޭނީ. ޑރ.ގެ ބަސްމަގާ އެތުރުންގަނޑު ވަރަށް ކޮޕީ ކުރާހިތްވެސް ވޭ. އެކަމަކު އެއީ ކުރުން ރަނގަޅު ކަމެއްބާއޭ ހިތަށް އަރާ.
    ކޮންމެއަކަސް ޑރ. އަށް ބުނެލަން އޮތީ ޑރ ގެ ގިނަ ކޮލަމްތަކުން ޢިބުރަތްތެރި ފިލާވަޅުތައް ލިބޭކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *