ހިތާ ނަފްސާއި ތޯހިރު މީހަކަށް ވޭތޯ ބަލަންވާނޭ
މިތާނގައި ދާއިމަށް ދިރިއެއް އުޅުންނެތްކަން އެނގެންވާނޭ
ތިމާފަދަ އަނެކަކާ މެދުގައި ޙަސަދަލައި ހިތް ފުރައިލީމާ
ތިމާގެ ފުށުންވެވޭ ހެޔޮހައި ޢަމަލު ފޮހިގެން ހިނގައިދާނޭ
ނަބިއްޔާ ފަދަ ނަމޫނާއެއް މިދުނިޔޭގައި ނުވާ ފަދައިން
ނަބިއްޔާ ދައްކަވައި ދެއްވެވި ގޮތަކު ގޯހެއް ނުހުންނާނޭ
އުޅޭނަމަ ސުންނަތަށް މީހާ ރަނގަޅު ސިފައިން ޖަރީވެވިފައި
ގުޅޭ ހުރިހައި ގުޅުންތައް ހެޔޮ ޚުލުޤުވެރި މީހަކަށްވާނޭ
އަތަށް ތަސްބީޙަފަތިލައިގެން ދުލުން ތަސްބީޙަތައް ކިޔަމުން
ދަތަށް ނުގުޑާވަރުގެ ވަރުގަދަ ފިތުނަ ފަތުރާން ނުވެސްވާނޭ
ލެޔާ އަބުރާ ޙަރާމް އެެއްޗެއް ކަމަށް ޝަރްޢީގޮތުން އޮތުމުން
އެޔާ ދުރުގަައި އުޅެންވާ ގޮތް ތިމާޔަށް ސާފުވާންވާނޭ
އުނދުންމައްޗަށް އުދާ ތެއްޔަށް އަޅާފެން ނުހުރެޔޭ ކެކިކެކި
އުދުންނިވުމުން ޠަބީޢަތްވެސް ފެނުގެ އަޞްލަށް ފުރޮޅިދާނޭ
ބަޔާންވެވިގެންވި ޢަޞްލީ ހަމަ މިސާލުން ފެންނަމުންދާނީ
ބަޔާންކޮށްދެއްވި ރުސުލުން ނެތް ހިނދުގެ ގޮތްކަން އެނގެންވާނޭ
