Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ރަމަޟާން މަސް ދެބައިވަނީ

މި ރަމަޟާން މަސް ދެބައިވާނީ ރަމަޟާން މަހު 16 ވާ އާދީއްތަ ވިލޭރޭ މާލޭ ގަޑިން މެންދަމު 11:53 ގައެވެ. ހެއި ނަކަތުގެ 8 ދަރަޖަ 37 ދަގީގާއި ހަނދު އަރައި ހަމަވާ ވަގުތުގައެވެ.

މާ ހަނދެއް ނޫން ނަމަވެސް ހަނދުގެ ސައިޒު މާ ހަނދަކާ ވަރަށް އެއްވަރު ސައިޒެެއްގައި ފެންނާނެއެވެ.

ހަނދުގެ ދެވަނަ ކުއާޓަރ ފުރިހަމަވުމުގައި ދުވަހެއްގެ މިންވަރުގެ ފަސްވުމެއް މިމަހުގައި ހުރިކަމުން ރޯދަމަސް 30 ހަމަވާ މަހަކަށް ވާނެއެވެ.

މި އޭޕްރީލް މަހަކީ، މިމަހުގެ ފުރަތަމަ ދުވަހާއި 30 ވަނަ ދުވަހު (އެލައިން) އެއްއުއިވާ މަހެއް ކަމަށް ނޯޓިކަލް އަލްމަނެކުން އެނގޭން އޮތްނަމަވެސް، ދުނިޔޭގެ އެކި ތަންތަނަށް ވަގުތުގެ ތަފާތު ހުންނަ ގޮތުން، އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ޖީއެމްޓީން 20:28 ދިމާވަނީ، ރާއްޖެއަށް 01 މޭގެ މެންދަމުން އަލިވެ 01:28 އާއެވެ.

ޝައްވާލު މަހަށް ފެށުމުގައި އެެއްއުއިވާނީ 01 މޭގައި މާލޭގަޑިން މެންދަމުން އަލިވެ 01:26ގައި އިރާއި ހަނދު އިސަބަ ރާހީގެ 10 ދަރަޖަ 28 ދަގީގާއި އަރައި ހަމަވާ ވަގުތުގައެވެ.

އެހެންކަމުން، މޭމަހުގެ ފުރަތަމަ ދުވަހަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމުގައި ބަލައި އެގޮތަށް ޢަމަލުކުރާނެ ކަމަށްވާތީ، މި ރޯދަމަހުގެ ހަނދު ފުރިހަމަވުމުގައި ފަސްވި ފަސްވުމުގެ ސަބަބުން ޝައްވާލު މަހުގެ 1 ވަނަ ދުވަހަށް ވާނީ 02 މޭ ކަމުގައި ވާނޭކަން ފަލަކީ ގޮތުންނާއި ހަނދު ލެއްވުމުގައި ޢަމަލުކުރާ އުޞޫލުން ޔަޤީންވެއެވެ.