Support Us

ކޮލަމް ކޯދު: ފަސް މީހުން އެއްވެއްޖެ ނަމަ…

ޗައިނާގެ ފަސް މީހުން އެއްވެއްޖެ ނަމަ ހިކުމަތުގެ ބަހެއް ބުނެއެވެ.

ޖަޕާނުގެ ފަސް މީހުން އެއްވެއްޖެ ނަމަ އާލަތެއް އުފައްދައެވެ.

އެމެރިކާގެ ފަސް މީހުން އެއްވެއްޖެ ނަމަ ފިލްމެއް ކުޅެ ނެރެއެވެ.

ފަރަންސޭސީންގެ ފަސް މީހުން އެއްވެއްޖެ ނަމަ ފޮތެއް ލިޔެއެވެ.

އަރަބިންގެ، މުސްލިމުންގެ، ފަސް މީހުން އެއްވެއްޖެ ނަމަ،

  1. ދީނީ ފަސް ޖަމާއަތް އުފައްދައެވެ.
  2. ސިޔާސީ ފަސް ޕާޓީ އުފައްދައެވެ.
  3. ފަސް ގާނޫނެއް އުފައްދައެވެ.
  4. އަދި ކޮންމެ މީހަކު ވެސް އޭނާއަކީ ރައީސް ކަމަށް ދައުވާ ކުރެއެވެ.
  5. ދެން، މަޝްވަރާކުރުމުގެ އެއްވެސް ޖަލްސާއެއް ބޭއްވުމެއް ނެތި، އިއްތިހާދުތައް (އެލައިންސްތައް) އުފައްދައެވެ. އަދި، އެ އިއްތިހާދުތަކުގެ މެދުގައި ދެބަސްވެ، އަރާރުންވާން ފަށައެވެ. ދެން އެއްބަޔަކު އަނެއް ބަޔަކު ފިތުނަ އުފައްދާ ކަމަށް ގޮވައި، އެއްބަޔަކު އަނެއް ބަޔަކު ކާފަރުންނަށް ހަދާލައެވެ. އެއަށް ފަހު، ހަތިޔާރު ގަނެ އެތެރެކުރެއެވެ. އަދި އެންމެ ފަހުން، ހަނގުރާމަ ވެސް ފަށައެވެ.

ދެން ދިވެހިންގެ ފަސް މީހުން އެއްވެއްޖެ ނަމަ…

(ތަރުޖަމާއެއް)