
ޢިމްރާނު ޚާނުގެ މިންނަތުން އުފަލުގެ ކަރުނަ އޮހޮރައިދިނޭ
ޢިމްރާނުޚާނު ފުށުން ޝަޚްޞު އަޢުދާއުނަށް ދައްކައިދިނޭ
ފިރުޢަައުނު އެކިއެކި ތަންތަނަށް ލާފައިތިބޭ އެކިއެކި ވެރިން
ބިރުގަންނަވާ ޒާތުން ހުޅަނގު ރޯލަށް ކުޅޭ ފުރަގަސްދިނޭ
މިނިވަންކަމާ ޤައުމިއްޔަތާ ދީނުގެ އަގާ ތާޖަށްޓަކައި
ގިނިދެކެބިރެއް ސިހުމެއްނުވާ ޝަޚްޞިއްޔަތެއް ދައްކައިދިނޭ
ޤައުމުގެ ދަރީންކުރެ ޤައުމުދެކެ ލޯތްބާ ކުލުނުހުރި ހެޔޮދަރީން
ފައުޖެއްގެ ސޫރަ ވެވޭނެހެން ތާއިދުގެ ބަސް އިއްވައިދިނޭ
ބަޠަލެއްގެ ލިސްޓުން ނަންވިދާ ތަރިއެއްކަމުން މޮޅު ލީޑަރަށް
ވަޠަނުގެ ދަރީންނާ ރައްޔިތުން ވާލޯބި ވެސް އަންގައިދިނޭ
ފަރުދާ ކުރެވި ކަޅުގަދަ ދުމުން ފަތުރާ ޚިލާފަތުގައި ނުޖެހި
ވަރުވާ ނުދީ ޤައުމެއް މުޅިން އަޅުވެތިވުމާާ ދުރުކޮށްދިނޭ
ދުނިޔޭގެ އެކިއެކި ކަންކޮޅުން މުސްލިމުތަކުންގެ ހިތާ ދުލުން
ބުނިހައި ބަހާ ޙަރަކާތްތަކުން ތަރުޙީބުދީ ސާބަސްދިނޭ
