Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ނަޖިސްގަނޑެއް ތެރެއަށް ވެއްޓުނު ކުޑަ ދޫންޏެއްގެ ވާހަކަ

ގަދަ ފިނިން ސަލާމަތްވުމަށްޓަކައި އުތުރުން ދެކުނަށް އުދުހެމުން ދިޔަ ކުޑަ ދޫންޏެކެވެ. ފިނި ގަދަކަމުން، ދޫނި ގަނޑުވެގެން، ބޮޑު ހާމަ ދަނޑަކަށް ވެއްޓުނެވެ. ދަނޑުގައި ވިނަ ކާން އޮތް ގެރިއެއް އައިސް ދޫނީގެ ގައިމައްޗަށް ބޮޑުކަމު ހާޖަތަށް ދިޔައެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޫންޏަށް ހޫނުކަން އިހުސާސުވެ، އެއަށް ދިރުން ލިބުނެވެ. އަދި އުފަލުން ދޫނި ލަވަކިޔަން ފެށިއެވެ. ދެން، ދޫނި ކައިރިން ދިޔަ ބުޅަލަކަށް ދޫނި ލަވަކިޔާ އަޑުއިވިގެން އެތަނަށް އައެވެ. އަދި، ދޫނި އޮތް ތަން ފެނި، ނަޖިސްގަނޑު ކޮނެލައިގެން ދޫނި ނަގައި، ކައިލިއެވެ.

މި ވާހަކައިން ލިބިދޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟

  1. ކަލެއާ ދިމާއަށް އެއްޗެއް ބުނެ، ކަލޭގެ ގަޔަށް ބޮޑުކަމު ގޮސް ނަޖިހުން ތަތްތަޅުވާލާ ކޮންމެ މީހަކީ ކަލެއަށް އިހާނަތްތެރިކޮށްހިތާ، ކަލޭގެ ދުޝްމަނެއް ނޫނެވެ.
  2. އަދި، ހަޔާތުގެ ދަތުރުގައި ނަޖިސްގަނޑެއް ތެރެއަށް ވެއްޓިފައި އޮންނައިރު، އެ ތަނުން ކަލޭ ނަގައި ކަލޭ ސަލާމަތްކޮށްދޭ ކޮންމެ މީހަކީ ކަލެއަށް ހެޔޮ އެދޭ، ކަލޭގެ ރަހުމަތްތެރިއެއް ވެސް ނޫނެވެ.
  3. ހަޔާތުގެ އޮޅުންބޮޅުންތަކުގެ ތެރޭގައި ބަނދެވި، ނަޖިހުގެ ތެރޭގައި ވަޅުލެވިފައި އޮންނައިރު އެންމެ ބުއްދިވެރީ ހިމޭނުން، އެއްޗެއް ނުބުނެ އޮތުމެވެ!