Support Us

ކޮލަމް ކޯދު: ޒާތީ ސިިޔަރަތެއްގެ ވަށަރޮނގެއް ކުރަހާލުން

މަތީގައިވާ ފޮޓޯއިން އެ ފެންނަނީ އިޓަލީވިލާތުގެ މުވާތިނެއް ކަމަށްވާ ފްރެންކޯ ފޮންޓާނާއެވެ. ފަހުން ޔޫސުފު އިބުރާހީމެވެ. އޭނާއަކީ 22 އަހަރު ވަންދެން ފަލަސްތީނުގެ ހައްގުގައި ފަލަސްތީނު މީހުންނަށް ލިބިދިން އަނިޔާއަށް ނިމުން ގެނައުމުގެ އެދުމުގައި ހަނގުރާމަކުރި ހަނގުރާމަވެރިއެކެވެ. އޭނާ މަރުވީ 2015 ވަނަ އަހަރު ލުބްނާނުގެ ފަލަސްތީނުގެ ރެފިޔުޖީ ކޭމްޕެއްގައެވެ.

އޭނާ ގަބޫލުކުރާ އުސޫލެއްގެ މަތީ އޭނާގެ ނަފްސު، ގުރުބާންކޮށްލުމުގެ އިތުރުން، އޭނާގެ ބައްޕަގެ ކިބައިން ވާރުތައިގެ ގޮތުގައި އޭނާއަށް ލިބުނު ހުރިހާ މުދަލެއް ވިއްކާލާފައި އެ ފައިސާ ވެސް ފަލަސްތީނުގެ ހައްގުގައި އޭނާ ޚަރަދުކުރިއެވެ.

އޭނާ މަރުވަމުން ބުނި ކަމަށް ވެއެވެ. "ފަލަސްތީނު މިނިވަންވިތަން އަހަންނަކަށް ނުފެނުނެވެ. ނަމަވެސް، އެއްވެސް ޝައްކެއްނެތް ގޮތުގައި، އަހަރެންގެ ދަރިން ނުވަތަ ކާފަ ދަރިން އެ ތަން ދެކޭނެއެވެ!"

ފުރެންކޯ ފޮންޓާނާ ނުވަތަ ޔޫސުފު އިބުރާހީމުގެ ކިބައިން ފެނިގެން ދަނީ ކޮން ކަމެއް ހެއްޔެވެ؟ ތިމާ ގަބޫލުކުރާ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ހުރެ، ހަޔާތް ގުރުބާންކޮށްލާ ތަނެވެ. އަމިއްލަ އެދުން ދުރުކޮށް، ހައްގުގެ ދިފާއުގައި މަސައްކަތް ކުރުމުގެ ލާމަސީލު މިސާލެކެވެ. ނުރަނގަޅަށް ނުރަނގަޅޭ ބުނަން ކެރުނު އާދަޔާ ޚިލާފު ހިއްވަރެއް ހުރި މީހެއްގެ މިސާލެވެ. ވަރަށް ކެރިގެން، އަނިޔާވެރިކަމާ ކުރިމަތިލައި، އެކަން ބަަދަލު ނުކޮށްލެވުނު ކަމުގައި ވިޔަސް، އެކަން ބަދަލު ކުރެވޭތޯ މަސައްކަތްކުރުމުގައި ސާބިތުވެ، ދެމިހުރެ، ނިމިދިޔަ ބަތަލެއްގެ މިސާލެވެ. ތިމާމެންގެ އަމިއްލަ ގައުމުތައް، ތިމާމެންގެ ޒާތީ ފައިދާއަކަށް، އެކިއެކި ބަހަނާ ދައްކާފައި، ބޭރު މީހުންނަށް، ވިއްކާނުލައި، ގައުމުގެ މިނިވަންކަމާއި ގައުމުގެ މަސްލަހަތަށްޓަކައި މަސައްކަތްކޮށް ގުރުބާންވާ މިފަދަ މިސާލުތައް ފެންނަލެއް ވަރަށް ވެސް މަދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. ފުރެންކޯ ފޮންޓާނާ ނުވަތަ ޔޫސުފު އިބުރާހީމުގެ ސިޔަރަތުން ފިލާވަޅު ލިބިގެން އަހަރެންވެސް ފަލަސްތީނު ބިމަށް ހަނގުރާމަކުރަން ދާން ބޭނުންވިޔަސް އެފުރުސަތެއް ހަމަހިލާ މިމުނާފިގު ގޮތްތަކުގެ އަހުލުވެރީން ނުދޭނެއެވެ. ﷲގެ މަގުގައި ހަނގުރާމަކުރަން ދާމީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރުމަށް އެމީހުން ވަނީ ބޭރުގެ ކާފަރުންނާ އެއްބަސްވެ މުއާހަދާ ތަކުގައި ސޮއިކޮށްފައެވެ. ނަމަވެސް ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރުމަށް ނޭޓޯއާ ބައިއަތު ހިފައިފިނަމަ އެމީހަކީ ޢިއްޒަތްތެރިއަކަށް ވާނެއެވެ. މިއީވެސް ތިމާމެންގެ ޒާތީ ފައިދާއަކަށް، ބޭރު މީހުންނަށް ގައުމުގެ ރައްޔިތުން ވިއްކާލުން ނޫންތޯއެވެ؟ އެހެންވީމާ ދެންއޮތީ ޔޫސުފު އިބުރާހީމުގެ ކިބައިން ފެނިގެންދިޔަ ހިތްވަރުން ހިތްވަރު ލިބިގަނެ ދިވެހިރާއްޖޭގައި ތިބި އަނިޔާވެރި ވެރީންނަށް ތެދުމަގަށް ރުޖޫޢަވުމަށް ގޮވާލުމެވެ.

    1. ޝައްކެއްނެތް، ރަޝިޔާ-ޔޫކްރޭނުގެ ހަނގުރާމައިން ސިޔާސީ މުނާފިގުކަމުގެ ބަލިފެނި ހާމަވެގެންދޭ. ރަޝިޔާގެ އުދުވާނީ ހަމަލާ ކުށްވެރިކުރާ އިރު، ފަލަސްތީނުގެ މީހުން، ކޮންމެ ދުވަހުހެން ތަހައްމުލު ކުރަމުންގެންދާ އިޒުރޭލުގެ އުދުވާނީ ހަމަލާތައް ކުށްވެރިއެއް ނުކުރެވޭ. މީގެ އިތުރުން، ފަލަސްތީނުގެ މީހުންނަށް އެމީހުންގެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ވެސް ލިބިގެންވާ ކަމަކަށް ނުދެކޭކަން ވެސް ފާހަގަކޮށްލަން ޖެހޭ. މި މައްސަލައާ ގުޅޭ، އެންމެ ހެއްވާ އެއްކަމަކަށް ފާހަގަކޮށްލެވުނީ ރަޝިޔާގެ ފަރާތުން ހަނގުރާމައިގެ ޖަރީމާތައް ހިންގާކަން އިޒުރޭލުން ފާހަގަކުރިކަން. އިޒުރޭލަށް ނޭނގޭ ކަމަށް ވަނީ، އެމީހުން މިވީ ހަތްދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ހެން މިފަދަ އަމަލުތައް ހިންގަމުންދާކަން. އިޒްރޭލުގެ މި ފަދަ އަމަލުތައް ހިންގާފަައި ކަންތައް ކުރާ ގޮތުގެ މިސާލަކީ ގައިގައި ވަރު ހުރި ބާރު ގަދަ މީހަކު، ނިކަމެތި ބަލިކަށި މީހެއްގައިގައި ޖަހައި އަނިޔާކޮށްފައި، ގަދަފަދަ މީހާ ރޯން ފަށާ ގޮތުގެ މިސާލު. ދެން ހަމަ މިފަދައިން، އެމީހުންގެ ހަގީގަތް ފޮރުވުމަށްޓަކައި ރަޝިޔާއިން ހަނގުރާމައިގެ ޖަރީމާ ހިންގާ ވާހަކަ ގޮވަން ފެށީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *