Support Us

ރޯދަ ސުފުރާމަތިން... -ފޮޓޯ: ސުނީ/އެފް.ބީ

ދައުވަތު ދެނީ ގާތްކަމުން.. އެކަމަކު ކިޔަނީ ފާޑު!

އިރުއޮއްސޭން ވަގުތު ކުޑަތަންވާތީވެ އަތްމަތި އަވަސްކޮށް ތަށިމަތި ތައްޔާރު ކުރަމުން ދިޔައީމެވެ. ލޯބިވާ އާޢިލާއާއި ރަޙްމަތްތެރިންނަށް ރޯއްދަވީއްލުމަށް ދަޢުވަތު ދީފައިވާތީއެވެ؛ އެންމެން އެކުގައި ބައްދަލުވެ އަހަރެންގެ އަތުން ތައްޔާރުކުރި ކާތަކެތި ރަހަބަލާލައި އަހަރެންގެ ގެއިން އެމީހުންނަށް ކާއެއްޗެއް ދިނުމަކީ ލިބޭ އެންމެ ބޮޑު އުފާ ކަމަށްވާތީއެވެ.

އެންމެން ހަމަވެ ރޯއްދަވީއްލުން ފެށުމާއެކު ފަހަރަކު މީހަކު ދިޔައީ ރަހަބަލައި، ކާ ކޮންމެ އެއްޗަކަށް ފާޑު ކިޔަމުންނެވެ.

"އެއީ ކީއްވެ ޗޮކްލެޓް ނުލައި ހެދީ؟ ޕުޑިންގް މީރީ ޗޮކްލެޓް އެޅީމައި…"

"އެނގޭތަ މަށަށް ވަރަށް ނުބައި ކުޅި މަޑުކޮށް މަސްހުނި…"

"ދެން ކުރުނބާ މާ ބޮޑެތިކޮށްވިއްޔަ އެހުރީ… ހަފައިގެން ނުބޮވޭނެ…"

"ރޯސް ސިރަޕަށް އިސްބަގުލް އެޅިނަމަ…"

"އެކަމަކު މި ޕިއްޒާ ހާދަ ޗީޒް މަދޭ… ޗީޒް ގިނަވެފައި ފުއްޕީމަ ޕިއްޒާ މީރުވާނީ…"

"ޕްލާސްޓިކް ތައްޓަށް ހެދިކާ އަޅާތަ؟ ފަނިބޯން ޖޯޑު ގެންގުޅޭތަ؟"

ކާން ތިބިއިރު މޫނުމަތިން ހިނިތުންވުން ދެއްކިޔެއް ކަމަކު އެއިން ކޮންމެ ޖުމްލައެއްވީ ހިތަށް ހެރުނު ތީރުތަކަކަށެވެ.

މެދުފަންތީގެ ދިރިއުޅުމެއް އުޅޭ އަހަރެންގެ ގޭގައި ހުރިހާ ތައްޓެއް ސެރެމިކް ބިއްލޫރިން ނުހުންނާނެތާއެވެ. އަދި ދިހަވަރަކަށް މީހުންނަށް ފަންޏާއި ފެން ދޭވަރަށް އަހަރެންގެ މި ކުޑަ ދިރިއުޅުމުގައި ބިއްލޫރިތަށިވެސް ނުހުންނާނެ ނޫންހެއްޔެވެ.

ލޯބިވާ އެންމެންގެ ހުރިހާ ފާޑު ކިޔުމެއްވެސް ހިނިތުންވުމާއެކު ބަލައިގަތީމެވެ. ހިތް ބުރައެއްވެސް ނުކުރަމެވެ. އެހެނަސް އެއިން ކޮންމެ ޖުމްލައެއް ހިތަށް އިޙްސާސްކޮށްދެނީ ނިކަމެތިކަމާއި ދިރިއުޅުމުގެ ފެންވަރު އެމީހުންގެ ފެންވަރަށް ނުފެތޭކަމެވެ.

ވަރަށް ލޯބިން ދޭ ދަޢުވަތު ނިންމާފައި ދަމުން ކާތަކެތި މީރޭ ބުނިނަމަވެސް އެތަކެތީގެ އުނިކަން ބަޔާންކޮށްދޭން ބުނި ކޮންމެ ޖުމްލައެއް ހިތުގައި އުފައްދަނީ ރިހުމެވެ. އެއީ ކުޑަ ރިހުމެއް ނޫނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *