...

Support Us

ކޮލަމް ކޯދު: ތުރުކީ ބަހުގެ ބައެއް ހަރުބަސްބަސް

  1. އިނބަގެ ރަހުމަތްތެރިޔާ ގާތު ސިއްރެއް ނުބުނާށެވެ. އެއީ އޭނާ، އޭނާގެ ރަހުމަތްތެރިޔާ ގާތު އެ ސިއްރުގެ ވާހަކަ އޭނާ ބުނާނެއެވެ.
  2. ދެ ކައްޕިތާނު ވާ ބޯޓު، އެ ދެމީހުން ވެގެން ފައްތާލާނެއެވެ.
  3. ހިތްހެޔޮ ބަސްކޮޅަކަށް ދަނގަޑު ދޮރެއް ހުޅުވާލުމުގެ ބާރު ލިބިގެންވެއެވެ.
  4. ބިރުގަތުމަކުން، މާދަމާގެ ހިތާމަތައް ނެތިކޮށެއް ނުލެވޭނެއެވެ. ނަމަވެސް، އެކަމުގެ ސަބަބުން، މިއަދަށް ލިބިފައި އޮންނަ ބާރާއި ހަކަތަ ހުސްވެ ނެތިދެއެެވެ.
  5. އިންސާނާ ބަރުދާސްތުކުރާ ވޭންތަކަކީ އޭނާގެ ދޫ އޭނައަށް ދޭ އަދަބެކެވެ.
  6. އެހެން މީހުންގެ ވާހަކަތައް އިނބަ ގާތު ދައްކާ މީހާ، އެހެން މީހުން ގާތު އިނބަގެ ވާހަކަތައް ވެސް ދައްކާނެއެވެ.
  7. ރަނގަޅު އެކުވެރިންގެ ސުހުބަތުގައި ކުރާ ދަތުރެއް ދިގެއްނުވާނެއެވެ.
  8. މުއްސަންޖަކު ބިންމައްޗަށް ވެއްޓިއްޖެ ނަމަ، ބެލެވެނީ އެކްސިޑެންޓެއްވީ ކަމަށެވެ. ނަމަވެސް، ބިންމައްޗަށް ފަގީރަކު ވެއްޓިއްޖެ ނަމަ ބެލެވެނީ އޭނާ ވެއްޓުނީ ރާ ބޮއިގެން މަސްތުވެގެން ކަމަށެވެ.
  9. އިނބައަށް އަނބުރާ ނުލެވޭ އަތުގައި އިނބަ ބޮސްދޭން ޖެހެއެވެ.
  10. ހެޔޮ ކަންކަން ކޮށްފައި މޫދަށް އުކާލާށެވެ! މަސްމަހަށް އިނބަ ކުރާ ހެޔޮ އަމަލު ނޭނގުނު ނަމަވެސް މާތްﷲ އެކަން ދެނެވޮޑިގެންވާނެއެވެ.
  11. އެއްވެސް ކުށެއް ނެތް ރަހުމަތްތެރިއަކު ހޯދަން އިނބަ އުޅޭ ނަމަ، އިނބަ މަރުވާނީ އެއްވެސް ރަހުމަތްތެރިއަކު ނެތި، އެކަނިމާއެކަންޏެވެ.
  12. ބުއްދިވެރި ދުޝްމަނަކަށް ވުރެ ސޭކު ރަހުމަތްތެރިއަކީ މާ ބޮޑު ވަބާއެކެވެ.
  13. ހަރަކާތްތެރިކަން އޮތް ތަނެއްގައި ބިންގަނޑު މުއްސަނދިވެގެން ވެއެވެ.
  14. ކޮފީ ހުންނަން ޖެހޭނީ ނަރަކަހާ އަނދިރި ކޮށެވެ. މަރުހާ ވަރުގަދަ ކޮށެވެ. ނަމަވެސް، ލޯބިހާ ފޮނި މީރުކޮށެވެ.
  15. ފިނިފެންމަލަށް ލޯބިކުރާ މީހާ، އޭގެ ކަށިތައް ބަރުދާސްތުކުރާނެއެވެ.
  16. ކޮންމެ އެއްޗެއް ވެސް އެންމެ މޮޅުވެފައި ރަނގަޅީ އާ ކޮޅުގައެވެ. ނަމަވެސް، ރަހުމަތްތެރިން އެންމެ މޮޅުވެފައި ރަނގަޅުވަނީ ދުވަސްވުމުންނެވެ.
  17. އެތައް ހާސް ފަހަރަކު ވެސް މިން ނަގާށެވެ. ނަމަވެސް ކަނޑަން ލިބޭނީ އެންމެ ފަހަރަކުކަން ހަނދާން ކުރަން ޖެހެއެވެ.
  18. ފިޔާގެ ހިތިކަން އެ ކާ މީހާއަށް ނޭނގި ހިނގައިދާނެއެވެ. ނަމަވެސް ފިޔާ ކޮށާ މީހާއަށް އެކަން އެނގޭނެއެވެ.
  19. ދޮގުވެރިޔާގެ ބައްތި ރޯވެފައި ހުންނާނީ އޭނާ ނިދާ ވަގުތު ޖެހެންދެނެވެ.
  20. ނުދަންނަ ޖާހިލު މީހަކަށް އެއްޗެއް އޮޅުންފިލުވައިދީ ސާފުކޮށްދިނުން ޖަމަލެއް ލައްވައި ކޮނެފައި އޮތް ކޯރެއް ހުރަސްކޮށް ފުންމާލެއްވުމަށް އުޅުމަށް ވުރެވެސް އުނދަގުލެވެ.
  21. ރުޅި އައިސްގެން ކޮޅަށް ތެދުވާ މީހާ އިށީންނާނީ ގެއްލުމަކައިގެންނެވެ.
  22. އިންނަން އެއްވެސް އައިބެއް ނެތް އަންހެނަކު ހޯދާ ނަމަ، އިނބަ މަރުވެދާނީ މީހަކާ ނީނދެ ހުރެއެވެ.
  23. މިއަދު، އަތުގައި އޮތް ބިސް، މާދަމާ ލިިބިދާނެ ހާލަކަށް ވުރެ މޮޅު އިތުރުވެގެން ވެއެވެ.
  24. މާ ހޫނުކޮށް ކިރު ބޮއިގެން އަނގަ ފިއްސާލި މީހަކު، ޔޯގޮޓު ވެސް ބޯނީ ވަރަށް ވެސް ބަލައިގެންނެވެ.
  25. ރުޅި އަންނަ ދަރަޖައާ އެއްވަރަށް ހަމަ ބުއްދި ފިލައިދެއެވެ.
  26. ހަގީގީ ރަހުމަތްތެރިޔާ ހިތި ތެދު ހަގީގަތް ބުނެދެއެވެ.
  27. ނުބައި މަގެއްގައި ކިތަންމެ ދުރަށް ދެވިފައި ވިޔަސް، އަނބުރާލާފައި އަންނަންޖެހެއެވެ.
  28. ނުބައި ކަމެއް ކުރުމަށް ރަނގަޅު ގޮތެއް ނޯވެއެވެ.
  29. ބުއްދި ފިލައި ގޮސްފައިވާ އެންމެ މީހަކު ވެސް ގާކޮޅެއް ވަޅަކަށް ވައްޓާލަފާނެއެވެ. ނަމަވެސް، ސާޅީސް ބުއްދިވެރިންނަށް ވެސް އެ ގާޅު ނުނެގިދާނެއެވެ.
  30. ތެދު ބުނަން ގަސްދުކުރާ ނަމަ، ދުވެ ރައްކާވާން ތައްޔާރަށް ހުންނައްޗެވެ.
  31. އުޑުގައި ކައިވެނީގެ ހަފްލާއެއް އެބަ އޮތޭ ބުނެފި ނަމަ، އެތަަނަށް ދިޔުމަށްޓަކައި، ބައެއް މީހުން ހަރުގަނޑެއް ބަހައްޓައިގެން އުޑަށް އަރަން މަސައްކަތްކުރާނެއެވެ.
  32. އެ މީހެއްގެ އަތުގައި މާމުއި ހޭކޭ މީހާ އޭނާގެ އަތް ލޮވެލާނެއެވެ.
  33. އުއްމީދަކީ ފަގީރު މީހާގެ ރޮށިކޮޅެވެ.
  34. ޒުވާންކަމުގެ އަގު ވަޒަންކުރަން އެނގޭނީ މުސްކުޅި އުމުރަށް ދެވުމުންނެވެ.
  35. އޭނާގެ ހިތާމަތައް ފޮރުވައިގެން އުޅޭ މީހާއަށް އެކަމުގެ ފަރުވާއެއް ނުލިބޭނެއެވެ.
  36. އެއްވެސް ފަރުވާލެއް، ބަލާލުމެއް ނެތި ވާހަކަދައްކާ މީހާ، ފަހުން ހިތާމައާއެކު އެކަން ހަނދާން ކުރާނެއެވެ.
  37. އެއްވެސް މީހަކު، ރަހުމަތްތެރިއަކު ބޭރުކޮށް އެއްލާލަން ޖެހޭހާ، މުއްސަންޖެއް ނޫނެވެ.
  38. ހަމަހިމޭން ކަމަކީ ބުއްދިވެރިޔާއަށް އިވޭ މިޔުޒިކެކެވެ.
  39. ނަސީބު ފަހާ އެކަކަށް ވެސް ދުވާކަށް ނުޖެހެއެވެ. ނަމަވެސް ނަސީބވެރިޔާ ފަހާ ނަސީބު ދުވެއެވެ.
  40. ބުއްދިވެރިޔާ، އޭނާގެ ރަހުމަތްރިންގެ މަތިން އަބަދުވެސް ހަނދާންކުރެއެވެ. ނަމަވެސް، މޮޔަ ސޭކު މީހާ އޭނާގެ ރަހުމަތްތެރިންގެ މަތިން ހަނދާންވަނީ ބޭނުމެއް ޖެހުމުންނެވެ.
  41. ކަންކަން ވުމާއި މީހެއްގެ މަރު ހުއްޓުވުމަށް ކުރެވޭނެ އެއްވެސް ފަރުވާއެއް ނޯވެއެވެ.
  42. ބިރު ހީވެގެން ނުވާހާ ރަނގަޅަށް އެއްވެސް ކަމެއް ނުހިނގައެވެ. ހަމަ އެހެންމެ، އުއްމީދު ނަގާލާހާ ނުބައިކޮށް އެއްވެސް ކަމެއް ނުހިނގައެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.