މި މުޖްތަމައުގައި ފިރިން އެމީހުންގެ ޒިންމާ ފުރިހަމަ އަށް އަދާކުރާނަމަ ބިކަވެ އެކަނިވެރިވެފައިވާ އަންހެނުން މަދުވާނެއެވެ. ބޭބެއިންނާއި ބައްޕަމެން އަންހެން ކުދިންނަށް ހިމާޔަތްދީ އެމީހުންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރާނަމަ އަންހެނުން އެކި ތަންތާ ބިކަނުވީހެވެ.
ފިރިންނަށް ސިފަވަނީ އަނބިންނަށް އިސްލާމްދީން މަތިކުރަނީ ކައްކާ ކާންދީފައި ދަރިން ބަލާފައި ނުވެއްޖެއްޔާ ވަޒީފާއަށް ފޮނުވީމަ ނިމުނީ ކަމެވެ. އަނބިމީހާ މިއަދު ހުރީ ކައިގެންތޯ ރޭގަނޑު ނިދުނުތޯ ބަލައިލާ ފިރިއެއް މަދުވާނެއެވެ.
ޒަވާޖީ ހަޔާތުގައި ކޮއްކޮ އުޅެނީ އުފަލުންތޯ ކޮއްކޮގެ ފިރިމީހާ އަންހެން ކޮއްކޮއަށް ރަނގަޅުތޯ އަހާލި ބޭބެއެއް މި މުޖްތަމައުގައި ވާނެބާއެވެ؟
ފައިސާއިން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދޭ ބަފައިން، ތިމާގެ ދަރިފުޅުގެ އަބުރާއި އިއްޒަތަށް ގެއްލުން ލިބޭ ކަމެއް ކުރޭތޯ ބަލާލަން ހަނދާން ހުރިބާއެވެ؟
ތިމަންނަގެ އަނބިމީހާ ވަޒީފާ އަދާކުރާ މާޙައުލަކީ ކޮންކަހަލަ ތަނެއްތޯ އަހާލި ފިރިއަކު ހުރެދާނބާއެވެ؟ އެކަމަކު އޮފީހުގައި ފިރިހެނަކާއެކު ފޮޓޯއަކުން ނުގޮތަކަށް ވެސް ހުއްޓައި ފެނިލީމަ އަނބިމީހާގެ އަބުރު ކަތިލާ ކިތައް ފިރިން އުޅޭބާވައެވެ؟
ގޭގައި އުޅޭ ފަހަރި ގޯސްކޮށް ބޮޑުއަށިމަތީ ލިސްޓް ލިޔާ ފިރިހެންވެރިން އެއީ ތިމަންނަގެ ކޮއްކޮ ނުވަތަ ދައްތަމެން ފަދައިން އިހްތިރާމް ކުރަންޖެހޭ އުޚުތެއްކަން ހިތަށް އެރިބާވައެވެ؟
ބަފައިބެއަކު ގެއަށް އަންނަ ފިރިހެން ދަރިފުޅަކީ ތިމަންނަގެ އަންހެން ދަރިއޭ ބުނެ ބައްޕަގެ ލޯބި ފިރިމީހާ ގެއިން ލިބުނު އަންހެނަކު އަތުން ގުނާލެވޭހާ މަދެވެ.
އަންހެނަކަށް ވީތީވެ ވަޒީފާގެ މާހައުލުގައި ފަރުވާ ކުޑަކަމުންނޭ ބުނެ ރައްދުކުރެވޭ ބަސްތަކުގައި ވަނީ އާއިލީ ޒިންމާއާއި ޅަދަރި މައެއްގެ އިހްސާސްތައްކަން ދަންނަ ވެރިޔަކު މުއައްސަސާތަކުގައި ވޭބާއެވެ؟
ގޭތެރޭގެ މަސައްކަތް ތަކުގައި އަންހެނަކު ފެއިލްވެއްޖެނަމަ ކަންނެތްކަމުގެ ޓެގް އަޅުވާ އަނިޔާވެރިވި ކިތައް ފިރިން އުޅޭހެއްޔެވެ؟
އަންހެނަކަށް ޖޯކު ޖެހުމުގެ ކުރިން ފިރިހެނަކަށްވެ ހުރެ އަންހެނަކަށް ކޮށްދޭންޖެހޭ ކަންކަން ލިސްޓް ކޮށްލާފައި ފުރިހަމަވާނަމަ ބަސްބުނާށެވެ.



advertisment
2 Responses
ސަތޭކައިގެ ލިޔުމެއް.
ގުދޯގުދޯ…….އަންހެނުން ވެސް ޗެކު ކޮށްލަބަލަ. މީހުންގެ ކިތައް ފިރިންތޯ ކަހާލަނީ.