...

Support Us

ގަބުރުތައް ނަގައި ހެދުން ލައްވައި ޒީނަތްތެރިކޮށްގެން ފޮޓޯ ނެގުމުގައި...

ބިރުގަންނަންޏާ ނުކިޔާތި! އިންޑޮނޭޝިޔާގެ ގަބީލާއެއްގެ މީހުން ގަބުރުކޮނެ، ގަބުރުތައް ޒީނަތްތެރިކުރުމުގައި

ޘަޤާފަތަކީ މުޖުތަމަޢެއް ކުރިއެރުވުމަށް އެހީތެރިވެދޭ އިންސާނިއްޔަތުގެ އެއް އަސާސެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު އެކި މުޖްތަމަޢުތަކުން ތަފާތު ޘަޤާފަތްތަކާއި އާދަކާދަތައް ފެނިގެންދެއެވެ. ތަފާތު އެކި މުޖުތަމަޢުތަކުގެ ޘަޤާފީ ތަފާތު ކަމަށް ބަލައިލާއިރު އެއް މުޖުތަމަޢުއެއްގައި ކާނާގެ ގޮތުގައި ބޭނުންކުރާ ތަކެއްޗަކީ އަނެއްބައި މުޖުތަމަޢުތަކުގައި ޒަހަރުގެ ގޮތުގައި ދެކޭ ތަކެއްޗެވެ.

އެހެންކަމުން އެއް މުޖުތަމަޢުއެއްގައި އާދަކާދައިގެ ގޮތުގައި ކުރާ ކަންކަމީ އަނެއް މުޖުތަމަޢަކަށް ޖާހިލު ކަމަކަށް ނުވަތަ މަނާ ކަމެއް ކަމަށް ވެދާނެއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންޑޮނޭޝިޔާގެ ޓޮރާޖާ ބާގައިގެ މީހުން މަރުވެފައިވާ މީހުންގެ "ޝަރަފު"ގައި ޖާހިލިއްޔަ ޒަމާނުން ފެށިގެން، ޘަޤާފީ ކަމެއްގެ ގޮތުގައި ކޮންމެ ތިން އަހަރަކުން ކުރާ ގަބުރު ޒީނަތްތެރިކުރުމުގެ ރަސްމިއްޔާތަކީ ޖާހިލުކަމެކެވެ.

ޓާނާ ޓޮރާޖާ (ޓޮރާޖާގެ ބިން) އަކީ އިންޑޮނޭޝިޔާގެ ސަލާވޭސީ ފަރުބަދަތަކުގައި ދިރިއުޅޭ ގަބީލާއެކެވެ. މި ބާގައިގެ މީހުން މަރުވެފައިވާ މީހުންގެ "ޝަރަފު"ގެ ނަމުގައި ޘަޤާފީ ކަމެއްގެ ގޮތުގައި ބާއްވާ ގަބުރު ޒީނަތްތެރިކުރުމަކީ ވަރަށް އާދަޔާޚިލާފު އާދަކާދައެކެވެ. މި ޘަޤާފަތުގައި ޓޮރާޖާ މީހުން، މަރުވެފައިވާ ތިމާގެ މީހުންގެ ކަށްވަޅު ކޮނެ ގަބުރުތައް ނަގައެވެ. އެއަށްފަހު ގަބުރު ހިއްކަން ބާއްވައެވެ. ދެން ގަބުރު ރީތިކޮށް ފޭރާންލައްވައި ޒީނަތްތެރި ކުރެއެވެ.

ޓޮރާޖާ ނަސްލުގެ މީހުން މި ޘަޤާފަތް ދިރުވުމަށްދޭ އަހަމިއްޔަތު ހާމަވަނީ ކަށްވަޅު ކޮނެގެން ގަބުރު ނަގާ ޒީނަތްތެރި ކުރުމުގެ ރަސްމިއްޔާތަށް ޚަރަދު ކުރުމަށް އާއިލާގެ މެމްބަރުން ކުރިއްސުރެ ފައިސާ ރައްކާކުރާތީ އެވެ.

ބައެއް ހާލަތްތަކުގައި، އެކަށީގެންވާ ޖަނާޒާއެއް ބޭއްވުމަށް އާއިލާގެ މެންބަރުން މާލީ ގޮތުން ތަނަވަސްވަންދެން މައްޔިތާ ގޭގައި ރައްކާކޮށްފައި ބޭއްވުން ފަދަ ކަންކަން ވެސް ކުރެއެވެ. ކޮންމެއަކަސް ޓޮރާޖާ ބާގައިގެ މީހުން ގަބުރު ޒީނަތްތެރިކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ މަޤްޞަދަކީ މަރުވެފައިވާ މީހުންނާ ގުޅުން ބަދަހިކުރުމެވެ.

ގަބުރުގައި އައު ފޭރާންލެއްވުމުގެ އިތުރުން ސަންދޯއް ބަދަލުކޮށް، މައްޔިތާ މަރުވުމުގެ ކުރިން ދިރިއުޅުނު އަވަށުގެ މަގެއްގައި ގަބުރު ގޮވައިގެން ބުރެއްޖަހައެވެ. އަދި ސިނގިރޭޓު ބޯ މީހުންގެ ތުނބުގައި ސިނގިރޭޓުވެސް ރޯކުރެއެވެ. ސިފައިންގެ މީހެއް ނަމަ ސިފައިންގެ ޔުނީފޯމުވެސް ލައްވައެވެ. ކޯޓު ފަޓުލޫނުވެސް ލައްވައެވެ.

ގަބުރުތައް ނަގައިގެން އުޅެން އެ މީހުން ކުޑަކޮށްވެސް ބިރެއް ނުގަނެއެވެ. އެކަމަކު އެ މީހުން ވަނީ އިންތިހާ ލޯތްބެކެވެ.

މަސްދަރު: ދަ ގާޑިއަން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *