Support Us

ކިޔާލުން މުހިންމު: މަންމައެއްގެ އިޙްސާސް

މަޔަކު ވަރުބަލިވެއްޖެއޭ ބުނެފިނަމަ އޭގެ މާނައަކީ ހަމަ ވަރުބަލިވި ވާހަކައެވެ. އެއްވެސް ހާލެއްގައި ދަރީންގެ މަތިން ހަނދާން ނައްތާލާ އެ ކުދީންނާ އަޅާނުލާ ހުންނަން ބޭނުންވާ ވާހަކައެއް ނޫނެވެ.

މަޔަކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާން ބޭނުންވާ ވާހަކަ ބުނެފިނަމަ އޭގެ މާނައަކީ ހަމަ އަމިއްލަ ނަފްސާއެކު ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާ ވާހަކައެވެ. އޭގެ މާނައަކީ މަންމައަކަށް ވީތީ މޮޔަހީވެ ދަރީން ހޯދުމަކީ އެޅުނު ޅައެއްޗެއް ކަމުގައި ބުނުމެއް ނޫނެވެ.

ކަމެއް ކުރުމުގައި އެހީތެރިކަން ބޭނުންވާ ކަމަށް މަންމައަކު ބުނެފިނަމަ އޭގެ މާނައަކީ ހަމަ އެހީތެރިކަން ބޭނުންވާ ވާހަކައެވެ.

އޭގެ މާނައަކީ އޭނާ އަށް އެކަމެއް ނުވާނޭ ބުނުމެއް ނޫނެވެ.

ރޭގަނޑުގެ ކެއުމަށް މަންމައަކު ނޫޑްލްސް ކައްކައިފި ނަމަ އޭގެ މާނައަކީ ހަފްތާގެ ކޮންމެ ދުވަހަކު ދަރީންނަށް ހުސްއެކަނި ނޫޑްލްސް ކާންދިނުމެއް ނޫނެވެ. އެއީ އެ ކުދީންނަށް ދުވަހަކު ވެސް ތަރުކާރީ އާއި އަދި ލައިގެންކާއެއްޗެހި ހަދައިގެން ކާންނުދިނުމެއް ނޫނެވެ.

ތިބާ ގެއަކަށް ޒިޔާރަތްކުރި ވަގުތަކު ގޭތެރެ ތަރުތީބުނުކޮށް ހުރިނަމަ، އޭގެ މާނައަކީ އެ މަންމަ ކޮންމެ ދުވަހަކު ގޭތެރެ ތަރުތީބު ނުކޮށް ހުރުމެއް ނޫނެވެ.

މަންމައަކު އޭނާގެ ރައްޓެހިންނާއެކު ބޭރަށް ދާން ބޭނުންވާ ކަމަށް ބުނެފިނަމަ، އޭގެ މާނައަކީ ހަމަ ބޭރަށް ގޮސްލަން ބޭނުންވާ ވާހަކައެވެ. މައެއްގެ ޒިންމާ ތަކުން ރެކި، ހުސްހަށިބައި އަންހެނެއްހެން އުޅެން ބޭނުންވުމެއް ނޫނެވެ.

މަންމައަކު ހާސްވެ ކަންބޮޑުވާ ވާހަކަ ބުނެފިނަމަ އޭގެ މާނައަކީ އޭނާ ކަމަކާ ފިކުރު ބޮޑުވާ ވާހަކައެވެ. އޭނާ އަކީ ހިތްވަރު ދެރަ ކަންކަމާ ކުރިމަތިލާން ނުކެރޭ ފިނޑިއެކޭ ބުނުމެއް ނޫނެވެ.

މަންމައަކު އަޑުހަރުކޮށް އެއްޗެއް ބުނާ އަޑު އިވުމުން އޭގެ މާނައަކީ އަބަދު ދަރީންނާ ދިމާއަށް ހަޅޭއްލެވުމެއް ނޫނެވެ. އޭގެ ކުރިން އެ ވާހަކަ ސަތޭކަ ފަހަރު ވެސް މަޑުމޮޅި ކަމާއެކު ބުނެފައި އޮވެދާނެއެވެ.

ކަންބޮޑުވެ ގޮތް ހުސްވެފައި ހުރި މަންމައަކު ފެނުމުން އޭގެ މާނައަކީ ކޮންމެ ދުވަހަކު ވެސް އޭނާ އެ ހާލުގައި އުޅުމެއް ނޫނެވެ.

ޙާލަތާއި ދަނޑިވަޅު އަބަދު އެއްގޮތެއް ނުވާނެއެވެ.

ބޭރުފުށުން ފެންނަން ހުންނަ ކަންކަމަށް ބަލައިގެން އަހަރެމެންނަށް ފެންނަ ގޮތަކަށް ކަންކަން މާނަކުރާ ބަޔަކަށް އަހަރެމެން ނުވަމާތޯއެވެ.

މީސްމީހުންނާ ބެހޭގޮތުން ހަދަހަދައިގެން ޙަޤީޤަތާ ޚިލާފު ވާހަކަ ނުފަތުރާށެވެ. ވަކީން ޚާއްސަކޮށް ކޮންމެކޮންމެ ދުވަހަކު ތިމާގެ އަމިއްލަ ދިރިއުޅުން އަނެކުންގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި ޤުރުބާން ކުރަމުންދާ މައިންނާ ބެހޭ ގޮތުންނެވެ. ދުނިޔޭގައި އެއްވެސް އިންސާނަކަށް މައިން ވަމުންދާ ޤުރުބާނީ ވެވޭނެތޯއެވެ؟

ކޮންމެ ކަމަކާ އެމީހުންނަށް ފާޑުކިޔުމުގެ ބަދަލުގައި މައިންގެ އިޙްސާސް ތަކަށް އިޙްތިރާމް ކުރާ ބަޔަކަށް އަހަރެމެން އެންމެން ވަމާތޯއެވެ!

-ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *