Support Us

ސުއާލަކާއި ޖަވާބެއް

ވިލާތު މީހަކު އަހަރެންގެ ރަށު މީހަކު ކުރެން އެއްސެވެ. "ކަލޭމެން ރަށުގައި ބައިތުލްމާލުން ވައްކަންކޮށް ފަސާދައިގެ އަމަލުތައް ހިންގަނީ ކިހިނެއް ހެއްޔެވެ؟"

ރަށު މީހާ އެ ވިލާތު މީހާއަށް ހުސް ބިމެއް ދައްކާފައި ބުންޏެވެ: "ކަލެއަށް މިތާ މި ހިންގަމުންދާ މަޝްރޫއު ފެނޭ ހެއްޔެވެ؟"

ވީލާތު މީހާ ބުންޏެވެ: "ނުފެނެއެވެ. ތިތަން ތި އޮތީ ހުސްކޮށް ނޫން ހެއްޔެވެ؟"

ރަށު މީހާ ބުންޏެވެ: "ކަލެއަށް ތިހިރީ ކިހިނެއްވެފައި ހެއްޔެވެ؟ މިހާރު ތިތާ ހިނގަމުންދާ މަޝްރޫއުއަށް ހަ މިލިޔަން ޑޮލަރު ޚަރަދުވެއްޖެއެވެ!"

(ތަރުޖަމާއެއް)