Support Us

ކުރު ވާހަކަ: އާ ވުޒާރާއެއް އުފެއްދުމުގެ ވާހަކައެއް

މިއީ ދަނޑުވެރިކަމުގެ ރާއްޖެއަކާ ބެހޭ ވާހަކައެކެވެ. އެ ރާއްޖޭގެ ރައީސްގެ ވަރަށް ގާތް ރައްޓެއްސަކު ހުރެއެވެ. އެއްދުވަހު، އެ ރަހުމަތްތެރިޔާ ރައީސް އަރިހު ދެންނެވިއެވެ.

"މާތް ރައީސްއެވެ! އަޅުގަނޑުމެންގެ ރާއްޖޭގައި ތެލާ ބެހޭ ވުޒާރާއެއް އުފައްދަވާފައި، އަޅުގަނޑަށް އެ ވުޒާރައިގެ ވަޒީރުކަން ދެއްވަންވީ ނޫންތޯއެވެ؟"

ރައީސް އޭނާއަށް ވިދާޅުވިއެވެ. "ތިޔައީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ އަހަރުމެންގެ ރާއްޖެއަކު ތެލެއް ނެތެއް ނޫން ހެއްޔެވެ؟"

ދެން، ރަހުމަތްތެރިޔާ ދެންނެވިއެވެ. "އޭގެ މައްސަލައަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންގެ ރާއްޖޭގައި އަދުލުވެރިކަމާ ބެހޭ ވުޒާރާއެއް ވެސް އެބަހުއްޓެއް ނޫންތޯއެވެ!"