Support Us

ކޮލަމް ކޯދު: ލިޔުންކޮޅެއްގެ ދިވެހިކޮށްލުމެއް

ގައުމީ އީދު ދުވަހު، އީދު ބޭން ބަލަން ނިކުމެ، ޣާފިލުކަންމަތީ، އުފަލުގައި، މަޖާކޮށް ސަކަޖަހަން ތިއްބައި، ބަޔަކު މީހުން ގެއަށް ވަދެ، ވަތަނޭ ކިޔާ ވަރަށް އަގު ބޮޑު އެއްޗެއް ވަގަށް ގެންދިޔައެވެ. އޭތި ގެންދިޔައީ ވަރަށް ފޮރުވައިގެން، މުސައްލައަކަށް ލައި އޮޅައިގެން، ސިފައިންގެ ބަޔަކު ފާރައަށް ވެސް ތިއްބައެވެ!

އާދެ، ބައެއް ފަހަރު، "ވަތަން"އޭ ކިޔާ އެތި ވަގަށް ނަގައި ފޮރުވަނީ މުސައްލައަކަށް ލައިގެންނެވެ. އަނެއްބައި ފަހަރު، "ތަރައްގީއޭ" ކިޔާ ހުދު ފޮށައެއްގެ ތެރެއަށް ލައިގެންނެވެ. "އެކަޑަމީއޭ އަދި އަސްކަރީ މަރުކަޒޭ" ކިޔާ އޮރެންޖު ފޮށައެއްގެ ތެރެއަށް ލައިގެން ވެސް ގެންދެއެވެ! ޣަދަރުވެރި ސިޔާސީވެރިން ކުޅެ، ބޭން ބަލަން ތިއްބައެވެ!

[ނޯޓު: މަތީގައިވާ ތަސްވީރުން ފެންނަނީ އިރާގުގެ ދިދައެވެ. އަދި، މި ލިޔުންކޮޅު ލިޔުނު މީހާ، ލިޔުންކޮޅުގައި އެކުލެވޭ ވާހަކަކޮޅު ނިސްބަތްކުރަނީ އެ ގައުމަށެވެ.]