Support Us

ކޮލަމް ކޯދު: ތަސްވީރެއް ބުނެދޭ ވާހަކައެއް

ރައްޔިތުން ޖޫރިމަނާ ކުރަން ބޭނުވުމުން، އެކަމަށް ސަރުކާރު ކުޅެދެއެވެ. އަދި އެކަން ކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެކުނޮލޮޖީ އެކުލެވޭ ވަސީލަތްތައް ހޯދަން ބޭނުންވާ ފައިސާވެސް ބަޖެޓުގައި ހުރެއެވެ.

ނަމަވެސް، ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެ، އާންމުންނަށް މަގުމަތީ ހިނގާބިނގާ އުޅެން ޖެހުމުން އެކަން ހައްލު ކުރުމަށް ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ. އަދި އެކަން ހައްލު ކުރުމަށް ޚަރަދު ކުރާނޭ ފައިސާއެއް ވެސް ބަޖެޓުގައި ހުންނަ ކަމަކަށް ނުވެއެވެ.

ދެންވެސް، ވޯޓު ހޯދަންވީމާ ގޮވާ އަޑު މި އިވެނީ ފަތިހެއްގެ ވާހަކައެވެ. އެ ފަތިހަކީ ކޮބައިންކަން އެއްގޮތަކަށް ވެސް ނޭނގެއެވެ. ވިއްސާރަވެއްޖެ ނަމަ، އަލިވިލިގެން ދަނީ މަގުތަކުގައި ފެންހެދި، މީހަކަށް ހިރިލާން ވެސް އުނދަގޫ ފަތިހަކަށެވެ!

(މާނަކޮށްލުމެއް)