ލޮލަށް ފެނިގެން ހަނދުލައްވާނަމަ، އަންނަވިވި ފަސް ޝަރްޠުގެ މައްޗަށް، ފަލަކީ ޢިލްމު ރަނގަޅަށް ދަންނަ ފަލަކީ ޢިލްމުވެރިއަކު ތަޙްޤީޤީ ނަޒަރަކުން ބަލައި ކަށަވަރު ނުކުރާހައި ހިނދަކު، ފެނުނީ، ހަނދުކަމެއް ނުވަތަ އުދަރެހުގައި ހުރި ވިލާކޮޅަކަށް ނުވަތަ ފެނުގެ ފަށަލައަކަށް އިރުން އެޅިފައިވާ އަލިކަމެއް ނޫން ކަމެއް ވަކިކޮށް ދެނެގަނެ ކަށަވަރެއް ނުކުރެވޭނެއެވެ.
1- ހަނދު ދުށް ގަޑި މިނެޓު ދުވަހާއެކު.
2- ހަނދު ހުރި އުސްމިން އެނގޭނަމަ ދަރަޖަ ދަގީގާއެކު.
3- ހަނދު ހުރި މިޞްރާބު އެނގޭނަމަ ދަރަޖަ ދަގީގާއެކު.
4- ހަނދު އަރިވެފައި ހުރި ފަރާތް، އުތުރަށްކަން ނުވަތަ ދެކުނަށްކަން ނުވަތަ ސީދަލަށްކަން.
5- ހަނދު ދުށްތަން ނުވަތަ އެނގޭނަމަ ޢަރުޟާއި ޠޫލު.
މި ކަންކަންކަމުގެ މައްޗަށް ފަލަކީ ޢިލްމުގެ އަލީގައި ބަލައި ކަށަވަރުވެގެން މެނުވީ ފެނުނީ ހަނދުކަމަށް ބުރަވެ ކަނޑައަޅާ ކަނޑައެޅުމެއް ޞައްޚައެއް ނުވާނެއެވެ. އެހެނީ، އިރުހަނދާ ތަރިތަކަކީ، އެ ދުވަހަކަށް އެތަކެތި ހުރި އުސްމިނާއި މިޞްރާބާއި ބުރުޖާއި މަންޒިލް ވެސް އެނގޭ ގޮތަށް ދައުރުވެ އަރައި އޮއްސޭ ތަކެތި ކަމަށް ވާތީ، ފަލަކީ ޢިލްމުގެ އަލީގައި، އެކަން ބަލައި ކަށަވަރު ކުރެވޭން އޮންނާތީއެވެ.
އަދި ހަނދު ދުށްކަމަށް ބުނާ ވަގުތު ހަނދު ހުންނާނެ ދިމާއާއި އުސްމިން ވެސް ފަލަކީ ޙިސާބުން ޝައްކެއް ނެތި ދެނެގަނެވޭތީއެވެ.
3 Responses
ހަނދު ފެނުމުން އެއީ ހަދުތޯ ތަހުގީގު ކުރަން ޟަރުއީގޮތުން އައިސްފަ އެބައޮތްތޯ؟
ޒިނޭކުރިކަމަށް 4 ހެކިން ސާބިތުވެއްޖެއްޔާ އެބަޖެހޭތާ ޖެނެޓިކު ޓެސްޓު ހަދަން
ނުވަތަ އެމީހަކު އެވީ އިތިރާޒު ބަލަން ޖެނެޓިކު ޓެސްޓު ހަދަން
ޝުކުރިއްޔާ ލޮބުތި މިތުރު ޢަބުދުﷲ ރަޝީދު
މިގޮތް ކިހިނެއްތޯ؟
https://www.facebook.com/photo/?fbid=860855147283517&set=a.860855073950191