ތައްޔާރުވެއްޖައީމޭ މިތުރާ މަގޭ ދެކޭން
ހައްޔަރުވެ ޖާގަ ހޯދާން މިތުރާގެ އުނގުތެރޭން
ގޭތެރެ، ކޮޓަރި، ބަދިގެއާ ކުލަލައި، ދަވާދުލައި
ރޭތައްދުވާ އުފާވެރި ވެށްޓެއް ތެރޭ އުޅޭން
ބޭނުންޖެހޭނެ ތަކެތީން ގޭތެރެ ތިޔާގިކޮށް
ބޭރަށް ނުގޮސް އަބަދު ހެން ނޫރުގެ ކަނޑަށް ގެނބޭން
ރަމަޟާންމަހާ! ތިބާއީ ހެޔޮކަމުގެ މައްސަރޭ
ބަމައެއް ނެތޭ މިހާރަކު ދުރުމިން ތިބާ ލިބޭން
ބައްދަލު ކުރީން ކުރާނީ ރަމަޟާނުހެއްޔެ މަރު؟
ތައްޔާރުހެއްޔެ ޝާހިދު؟ ކަށްވަޅުތެރަށް އެރޭން