Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތީގައި އެވާ ތަސްވީރުން އެ ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ މުސްލިމު ރާއްޖެތަކުން ސަލާމަތްވުމުގެ އުފަލުގައި، 'ކާފިރޭ' ބުނާ ރާއްޖެތަކުގައި މާތްރަސްކަލާނގެއަށް މުސްލިމުން ޝުކުރުގެ ސަޖިދަ ޖަހާ މަންޒަރެވެ.

މިއީ ނާދިރު މަންޒަރެއް ނޫނެވެ. މިހާރު ވަރަށް ވެސް އާންމުކޮށް ފެންނަ މަންޒަރެކެވެ. މިހާރު ހިނގަމުންދާ ކަމެއްގެ މަންޒަރެވެ. އަދި، ބައެއް މުސްލިމު ގައުމުތަކުގެ މުސްލިމު އެތައް ބަޔެއްގެ އެދުން ވެސް މެއެވެ! އެމީހުންގެ އަމިއްލަ ރާއްޖެތައް ދޫކޮށްލާފައި 'ކާފިރު' ރާއްޖެތަކަށް ހިޖުރަކުރުމުގެ އެދުމެވެ. އަދުލުވެރިކަމާއި އިންސާފު، އަދި، އިންސާނީ ކަރާމަތް ލިބިދޭ ރާއްޖެއަކަށް ހިޖުރަކުރުމުގެ އެދުމެވެ. އިހުގައި މައްކާގެ މުސްލިމުން، ހަބަޝްކަރައަށް ހިޖުރަކުރި ފަދައިންނެވެ.

މި މަންޒަރު ބުނެދޭ ވާހަކައަކީ ކޮބާ ހެއްޔެވެ؟ ހަމަ ކުރިން ވެސް ތަކުރާރުކޮށް ބުނެފައިވާ ވާހަކައެކެވެ. މުސްލިމު ގައުމުތަކުގެ ސިޔާސީ ނިޒާމުތައް ފޭލިވެފައިވާ ކަމެވެ. އަދުލު އިންސާފުވެރި ސިޔާސީ ނިޒާމެއް ހިންގާ ނުލެވުމުންނެވެ. އަދި، ހަގީގީ ސިފައެއްގައި ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ނުކުރެވޭ ކަމެވެ. އެކަން ކުރާނޭ ބަޔަކު ވެސް ފެންނަން ނެތް ކަމެވެ. އެކަން ކުރާނޭ ގޮތަކާ މެދު ވިސްނައި ފިކުރު ކުރުމަށް އޮތް ފުރުސަތު ވެސް ހަނިކަމެވެ.

ނަމަވެސް، މިއީ ކުރަން ވެއްޖެ ކަމެކެވެ. މިކަން ކުރާނީ ކިހިނެއްކަން ތާރީޚުން ފެންނަން އެބައޮތެވެ. ތާރީޚުގެ ސަފުހާތަކުން، އެފަދަ ބައެއް މިސާލުތައް އިރާދަކުރެއްވިއްޔާ ހުށަހަޅާލެވޭތޯ ބަލާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ފަހު ޕެރެގުރާފުގައި އެވަނީ ވަރަށް ކިޔާހިތްވާ ވާހަކަ ތަކެއްގެ ވާހަކަ. އަދި އަލަށް މުސްލިމުންނަށް ވާމީހުން އެމީހުން އިސްލާދީން ޚިޔާކުރި ސަބަބު ތައް ލިއުންތަކުން ފެނުމަކީވެސް ވަރަށް ކިޔާހިތްވާ ވާހަކަތަކެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *