Support Us

ހާރު ސަންގާއި ހުސޭނުބޭގެ ހަނދާން!

އެއީވެސް އައި ޒަމާނެއް، އަޑުތަކެއްއައި ސަންގަކަށްފުމުމުން
ދުށީމޭ ރޯދަ ވިއްލާތީ، މިދެންނެވި އަޑު ރަށަށް އިވުމުން

ކެއީމޭ ހާރު އޭގެ އަޑަަށް، ނިދީން ހޭލައި ދެލޯ ފޮހެމުން
އެއީވާ އަޑުފުޅެއް މަ ކޮޔާ، އެހާ ބާރަށް އިވޭ ފުމުމުން

އަތަށްހެޔޮވަރު އެހެންނަމަވެސް، ނުލާހިކު ބޮއްޔަކާ ވައްތަރު
އެތައްގޮތަކަށް އެއަށް ފުމެވޭ، މަޖާވޭ އަޑު އިވޭން ފެށުމުން

އެއީ ރަސްމީ އަޑެއް އެއަކަށް، ސަމާސާއެއް ނުއެއް ކުރެވޭ
ދުށީން ރަސްމީ ގަދަރުގައި އޭނަ އޮތްވައި، ޢިއްޒަތީ ދާނުން

ހުރޭ ވަކި ޚާއްސަ މީހަކު، އޭތިފުންމަން ރަށްއެ ކުޑަޔަށްލައި
ކެރޭ މީހެއް އެއީ ހިނގުމަށް، ދެއޭ ވައިސޫރިއެއް ދާހެން

ޙުސެން ޤާސިމް އެއީ އަހުރެން،މިކަން ކޮށްދޭތި ދުއް މީހެއް
ފުކެއް ދޫކޮށްނުލާ އޭނާ ދެއޭ، ހިނގަމުން އެއަށް ފުމެމުން

ދުށީ މުޅި ހޯރަފުށި އޭނާ ފުމޭ، ސަންގުގެ އަޑަށް ހޭލައި
ތެލީގައި ކެއްކިބަތް ހާރަށް،ކަމުން ގެންދާ ތަނޭ މިރޮނގުން

ޙުސޭނުބެއަށް ދެމުންސާބަސް، އަދާ ޖަންނަތުގެ ރަޙުމަތުގާ
މުތޭ ތިޔައީ ދުޢާ މިވެވޭ، ތިބާ ލައްވާށި ފުއްސެވުމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *