ރާގު: ނަފްސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާންކަރީމް
ރަޙުމަތާ މަޣްފިރަތު ގިނަގުނަ މޫސުމާ ބައްދަލުވަނީ
ވަހުމުތައް ނަފްސާ ހިތުން ނެރެ ދޮވެލެވޭ ހިނދު އަންނަނީ
ލައްޒަތާ ފޮނި ރާޙަތުން ގިނަ ދުރުވެ ދޫކޮށްފައި މުޅިން
ޙައްޤު ގޮތުގައި ފަރްޟު ރޯދަ ހިފޭނެ ފުރުޞަތު ފަހިވަނީ
ކަޅުއަނދިރި މެންދަމުގެ ހުރިހައި ވަޤުތު މާތް اَللهُ އަށް
އަޅުކަމަށް ޚާލިޞް ކުރެވި އިޙްޔާގެ ދޮރުތައް ހުޅުވެނީ
ދަހިކަމާ މުށްބާރުކަން ހިތްތަކު ވަތުން މޮހި ދޫވެގެން
ފަހިކަމެއް ހިތް ނިކަމެތީންނަށް ދޭނެ އަތްތައް ވީއްލެނީ
ނަފަޤަތާ ޞަދަޤާތް ޒަކާތް ދީނުގެ ޝަރުޢުގައި ވާމަގުން
ޅަފަތު ކުއްޖެއް ދޮށި ހަގެއްނެތި ފޯރުވޭ މަގު ގިނަވަނީ
ލައިލަތުލް ޤަދްރުގެ ނަފާ ހޯދަން ކުރާ ގަދަ ހިތްވަރާ
ހައިނުކޮށް މަތިވެރި ޤިޔާމުއް ލައިލު ދިރުވޭ ގޮތްވަނީ