އައްޑޫ ސިޓީ މަރަދޫ ސްކޫލްގައި ސަރުކާރުން އަލަށް ޢިމާރާތްކުރި 12 ކްލާސްރޫމްގެ ޢިމާރާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މަރަދޫ ސްކޫލްގެ 12 ކްލާސްރޫމްގެ ޢިމާރާތް ތަރައްޤީކުރުމަށް ސަރުކާރުން 9.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން ވެސް މަރަދޫ ސްކޫލްގެ އިތުރު ތަރައްޤީގެ މަޝްރޫޢުތައް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މަރަދޫ ސްކޫލަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ފޭދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފައެވެ. ފޭދޫ ސްކޫލްގައި ދެ ކްލާސްރޫމާއި، ހެލްތް ރޫމާއި، ކައުންސިލާރސް ރޫމް އަދި ގުދަން ޢިމާރާތް އަޕްގްރޭޑްކުރުން ވަނީ މިއަހަރަށް ބަޖެޓްކޮށްފައެވެ.



advertisment