Support Us

ރައީސުލްޖުމްހޫރިއްޔާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތާނގެ އިސްވެރިންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުން ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިމަގަށް ރޭވިފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢޫލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޓާރޝަރީ ހޮސްޕިޓަލަކުން ޚިދުމަތް ދިނުމަށް އެކަށީގެންވާ މިންވަރަށް މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމާއި ޕަބްލިކް ހެލްތު ދާއިރާއިން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި މެޑިކަލް ކޮންޒިއުމަބްސް އަދި އިކުއިޕްމަންޓްގެ ދަތިތަކާ އަދި އެނޫންވެސް ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ އެންމެ ދަތި މައްސަލަތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީއަކީ މާލެއެކޭ އެއްފަދައިން ޞިއްޙީ ޚިދުމަތްތައް އެންމެ ރަނގަޅުވާން ބޭނުންވާ އެއް ސަރަޙައްދުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ޙައްލުކުރަން ޖެހޭކަންކަން ޙައްލުކޮށްދެއްވާނެކަމަށާއި އަދި ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް