Support Us

މިނިސްޓަރު ޑރ. އިބްރާހީމް ޙަސަނަށް އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު (ވ) މަރުހަބާ ދަންނަވަނީ

މިއަދު އަޙްމަދިއްޔާ ބެލެވެނީ އެހެން ހުރިހާ ސްކޫލްތަކަށް ނަމޫނާއަކަށް: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ މުހިއްމު ކާމިޔާބީތަކެއް އަބަދުވެސް ތަކުރާރުކޮށް ހޯދަމުން އަންނަ ސްކޫލެއް ކަމަށާއި، މިއަދު އަޙްމަދިއްޔާ  ބެލެވެނީ ރާއްޖޭގެ އެހެން ހުރިހާ ސްކޫލްތަކަށް ނަމޫނާ ސްކޫލެއްގެ ގޮތުގައި ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

"ވަރަށް އާދައިގެ ގޮތެއްގައި އަވަށު ސްކޫލެއްގެ ގޮތުގައި 200 ކުދިންނާއެކު ފެށުނު މި ސްކޫލް މިވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި. މިސްކޫލް މިއަދު މިވަނީ މި ސަރަހައްދުގައިވެސް ނަމޫނާ ސްކޫލަކަށް ވެގެންދާ ފެންވަރަށް ސްކޫލްގެ ކަންތައްތައް ކުރިއަށް ގެންދެވިފައި. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންނާއި އެދަރިވަރުންގެ މުދައްރިސުން މިއަދު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ޖާގައެއް ހޯދުމަށް ބުރަ މަސައްކަތެއް ކުރަމުން ގެންދޭ. އެއީ، އެމީހުންގެ ފޮނި އުއްމީދެއް. އަޅުގަނޑު ގަބޫލުކުރަނީ، މިސްކޫލް ކަޑައްތު ކޮށްފައިވަނީ ތާރީޚީ މުއްސަނދު ޞަފްޙާތަކެކޭ. އަދި މިއަދު ހާސިލްކޮށްފައިވަނީ ރަން ވަނައެއް،" އަހުމަދިއްޔާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އަޙްމަދިއްޔާގެ "އެކަޑަމިކް އެޗީވްމަންޓް" ތަކަށް ބަލާލާއިރު ފާހަގަކޮށްލެވޭ ކާމިޔާބީ ވަރަށް ގިނަ ކަމަށް ވިދާޅުވިއެވެ. މިގޮތުން 2005ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކޮންމެ އަހަރަކު އެއް ވަނަ ސްކޫލްގެ ފަޚުރު އަޙްމަދިއްޔާ ވަނީ ހޯދައިފައި ކަމަށާއި، އޯލެވެލްގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން އެންމެ މަތީ އިންސައްތަ ހޯދާ ދަރިވަރުން ތިބި ސްކޫލެއްގެ ފަޚުރު އަޙްމަދިއްޔާ ހޯދާތާ މެދުނުކެނޑި 10 އަހަރު ވެއްޖެކަމަށް ވިދާޅުވިއެވެ.

"މިއީ އާދައިގެ ކާމިޔާބީތަކެއް ނޫން. މިއީ އާދަޔާ ޚިލާފު ކާމިޔާބީތަކެއް. މިއީ، ބުރަ މަސައްކަތުން ބަޔަކު ހޯދަމުންދާ ކާމިޔާބީތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން ވާހަހަކަފުޅުގައި ކާމިޔާބީއެއް ހޯދުމަކީ އެއްކަމެއް ކަމަށާއި އެ ކާމިޔާބީ ތަކުރާރުކުރުމަކީ އަދި މުޅިން އެހެން ކަމެއް ކަމަށާއި އެ ކާމިޔާބީ ތަކުރާރު ކުރަމުން އަދި އެއަށްވުރެ ވަރުގަދަ ކާމިޔާބީއެއް ކޮންމެ އަހަރަކު ލިބިގަތުމަކީ، އަދި މާބޮޑު ކަމެއް ކަމަށް ވިދާޅުވިއެވެ. މިކަން އަޙްމަދިއްޔާ ހީވާގި މުރާލި ޕްރިންސިޕަލް މުހައްމަދު ރަޝީދުގެ ލަފަޔާއި އިރުޝާދުގެ މަތިން ސްކޫލްގެ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިން އަންނަނީ ކާމިޔާބު ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތަޢުލީމްގެ މަރުހަލާ ނިމުމަކީ އަދި ސަނަދެއް ހޯދުމަކީ، އެއީ ކަމެއްގެ ނިމުންކަމުގައި ބަލައިގެން ނުވާނެ ކަމަށާއި، ބަލަންވާނީ، އެއީ އާ މަރުހަލާއެއްގެ ފެށުން ކަމަށް ކަމުގައިވެސް މިނިސްޓަރުގެ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް