Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- މީދަލަކާއި ކާއެތިކޮޅެއްގެ ވާހަކަ

ބައިލޮޖީ ޕުރޮފެސަރަކު އޭނާގެ ކުލާހުގައި އިލްމީ ތަޖުރިބާއެއް ކޮށްލުމަށް ތައްޔާރުވަމުން ދިޔައެވެ. އޭނާގެ ކުރިމަތީގައި ބޮޑު ކޮށްޓެއް ހުއްޓެވެ. އެކޮށީ ތެރޭ މެދުގައި ފިރިހެން މީދަލެއް އައްސާފައި އޮތެވެ. އަދި ކޮށީގެ އެއްކޮޅުގައި އަނެއް ކޮޅުގައި އަންހެން މީދަލެއް އައްސާފައި އޮތެވެ. އަދި އަނެއްކޮޅުގައި ޗީސްކޮޅެއް އައްސާފައި އޮތެވެ.

ދެން، މެދުގައި އައްސާފައި އޮތް ފިރިހެން މީދާ ދޫކޮށްލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ފިރިހެން މީދާ ދުވެ ގޮސް ޗީސްކޮޅު ކައިލިއެވެ.

ދެން ދެތިން ފަހަރު ހަމަ އެ ތަޖުރިބާ ތަކުރާރުކުރިއެވެ. ކާއެތިކޮޅު ބަދަލުކޮށްލުމަށްފަހުއެވެ. ކޮންމެ ފަހަރަކު ވެސް ފިރިހެން މީދާ ދުވެފައި ދަނީ ހަމަ ކާއެތިކޮޅާ ދިމާއަށެވެ. އަންހެން މީދަލާ ދިމާއަށް ބަލާކަށް ނުހަދައެވެ.

ތަޖުރިބާ ނިންމުމަށް ފަހު، ޕުރޮފެސަރު ކުދިންނާ މުޚާތަބުކޮށް ވިދާޅުވިއެވެ. މި ތަޖުރިބާއިން އަންގައިދެނީ އަންހެން މީދާއަށް ވުރެ ބޮޑަށް ކާ އެއްޗެހި ދެކެ ފިރިހެން މީދާ ލޯބިވާލެއް ބޮޑުކަމެވެ.

އެ ވަގުތު ކުލާހުގެ ކުއްޖަކު އަތް މއްޗަށް ނަގައިފައި ބުންޏެވެ. އުސްތާޒެވެ! ތި ތަޖުރިބާގެ ނިންމުން ތިޔަ ގޮތަށް އަދި ނިންމަވައިގެން ކަމަކު ނުދާނެއެވެ. ތި ތަޖުރިބާ އަލުން އިއާދަކުރަން ޖެހެއެވެ. އަންހެން މީދާ ބަދަލުކުރުމަށް ފަހުއެވެ. އެހެނީ ކޮށީގައި އެއޮތް އަންހެން މީދަލަކީ ފިރިހެން މީދާގެ އަނބިމީހާ ކަމަށް ވެދާނެތީއެވެ!

އެވަގުތު ފިރިހެން މީދާ އެ ދަރިވަރާ މުޚާތަބުކޮށް ބުނި އަޑު އިވުނެވެ. ކަލޭގެ ވިސްނުން ވަރަށް ވެސް ތޫނެވެ! ފިލާވަޅު ފަހުމުވީ ހަމައެކަނި ކަލެއަށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ހަހަހަހަ. ފިލާވަޅު ފަހުމްވެއްޖެ. އެކަމަކު އެހެން މީދަލެއްވެސް ބޭންދިނަމަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *