މަގުމަތީ ދުއްވާފައި ދިޔަ ދެ ކާރު ޖެހި އެކްސިޑެންޓުވިއެވެ. ދެ ކާރު ވެސް ދުއްވަން ތިބީ އަންހެނުންނެވެ. ފުރަތަމަ ކާރު ދުއްވަން އިން އަންހެން މީހާ ވަގުތުން އޭނާގެ ފިރިމީހާއަށް ފޯނުކޮށްފައި ބުންޏެވެ. "މި އުޅެނީ ކާރެއްގައި ޖެހި އެކްސިޑެންޓުވެގެންނެވެ." އެހެން ބުނެވުނު ތަނާހެން ފިރިމީހާ ޖަވާބުދިނެވެ. "މި ވަގުތު މި އުޅެނީ ވަރަށް ވެސް އަވަދިނެތިއެވެ. އެހެންވެ، އަނެއް ކާރުގެ ވެރިޔާއާ ވާހަކަދައްކައި ފައިސާއެއް ދޭންޖެހޭ ނަމަ، އެކަން ހަމަޖައްސާލާށެވެ."
ދެވަނަ ކާރުގައި އިން އަންހެން މީހާ ގުޅީ އޭނާގެ ލޯބިވެރިޔާއަށެވެ. ކާރެއްގައި ޖެހި އެކްސިޑެންޓެއް ވެގެން އުޅޭ ވާހަކަ ބުންޏެވެ. އަދި، ލޯބިވެރިޔާ ގަންދިން ކާރު ވަރަށް ބޮޑަށް ހަލާކުވި ވާހަކަ ވެސް ބުންޏެވެ. މިހެން ހަމަ ބުނުމާއެކު އޭނާގެ ލޯބިވެރިޔާ ބުންޏެވެ. "ކަލާއަށް އެއްވެސް ގެއްލުމެއް ވިހެއްޔެވެ؟ ހަމަ މިހާރު އަހަރެން މި އަންނަނީ އެވެ."
ދެ ކާރު ޖެހި އެކްސިޑެންޓުވެފައި އޮތް ތަނަށް، ދެވަނަ ކާރު ދުއްވަން އިން މީހާގެ ލޯބިވެރިޔާ އައެވެ. އައުމުން އޭނައަށް އެނގުނީ އަނެއް ކާރު ދުއްވަން އިނީ އޭނާގެ އަންހެނުން ކަމެވެ!
މި ހިސާބުން ހަނދާނަށް އަންނަ އަރަބި ޅެން ބައިތެއް ލިޔެލާނަމެވެ.
وَمَهما تَكُن عِندَ اِمرِئٍ مِن خَليقَةٍ وَإِن خالَها تَخفى عَلى الناسِ تُعلَمِ
މީހެއްގެ ކިބައިގައި (ނުރަނގަޅު) ސިފައެއް ހުރެފައި، އެ ސިފަ އޮތީ މީސްތަކުންގެ ލޯމައްޗަށް ފޮރުވިފައި ކަމުގައި އެ މީހާ ކިތަންމެ ވަރަކަށް ހީކުރި ނަމަވެސް، (ކޮންމެވެސް ދުވަހަކުން) އެކަން (މީސްތަކުންނަށް) އެނގި ފަޅާއަރާނެއެވެ!
ދެން، ކަންތައްވީ ގޮތް ލިޔެ، ވާހަކަ ފުރިހަމަކޮށްލުން ކިޔުންތެރިންނާ ހަވާލުކޮށްލާނަމެވެ!