Support Us

ކުރު ވާހަކަ: ކަނޑާ ހަމަވެ، ނުބީހުނު ނުބީހުން ބުނެދިން ވާހަކަ

ދަރިފުޅު ވަރަށް އުފަލުން އައިސް ބައްޕައަށް ނަންގަތެވެ. "ބައްޕާއެވެ. އަޅުގަނޑު މީހަކާ އިންނަން ގަސްދުކޮށްފީމެވެ. އޭނައަކީ ވަރަށް ވެސް ރަނގަޅު ކުއްޖެކެވެ. އޭނާ ދެކެ އަޅުގަނޑު ވަރަށް ލޯބިވަމެވެ."

ބައްޕަ ބުނުއްވިއެވެ. "އެންމެ ރަނގަޅެވެ. ތިކަމަކީ ވީހާ ވެސް އަވަހަކަށް ކުރަންވެއްޖެ ކަމެކެވެ. އެހެންވެ، އެންމެ ފުރަތަމައިނުން ތިޔަ ކުއްޖަކީ ކާކުކަން ބުނެ ބަލާށެވެ! ކުއްޖާގެ މައިންބަފައިންނާ ބައްދަލުކޮށް ވާހަކަދައްކާލަން ޖެހޭނެ ނޫން ހެއްޔެވެ؟"

ބައްޕަގެ ޖަވާބު އަޑުއަހައި ދަރިފުޅު އުފާކޮށް ބައްޕައަށް ކިޔައިދިނެވެ. "ބައްޕާއެވެ. އެއީ އަޅުނޑުމެންގެ އަވައްޓެރިޔާގެ ދަރިފުޅެވެ."

ކުއްލި ސިހުމެއް ބައްޕަގެ މޫނަށް ވެރިވިތަން ދަރިފުޅަށް ފާހަގަކުރެވުނެވެ. ދެން ބައްޕަ ބުނުއްވި ވާހަކައިން ދަރިފުޅުގެ ހިތް މަރުވިއެވެ.

"ދަރިފުޅާއެވެ." ބައްޕަ ވަރަށް ދެރަވެލައްވާފައި ބުނުއްވިއެވެ. "މި ވާހަކަ އެކެއް ގާތުވެސް ނުބުނައްޗެވެ. އަދި ޚާއްސަކޮށް މަންމައަށް މިކަން އެނގުނަ ނުދެއްޗެވެ. ތި ކުއްޖަކީ ދަރިފުޅުގެ އަންހެން ކޮއްކޮއެކެވެ."

ދަރިފުޅު ވަރަށް ދެރަވި ނަމަވެސް، ބައްޕަގެ ވާހަކަ އަހައި ބައްޕަ ބުނުއްވި ގޮތަށް ކަންތައް ކުރިއެވެ. ދެން، ކުރިއެކޭ އެއްފަދައިން ދުވަސްތައް ފާއިތުވެ، ހޭދަވަމުން ދިޔައެވެ.

އަނެއްކާވެސް އެހެން ދުވަހަކެވެ. ދަރިފުޅު އައިސް، އެހެން ކުއްޖަކާ އިންނަން ބޭނުން ވާހަކަ، ބައްޕައަށް، ނަންގަނެފިއެވެ. ދެން އަނެއްކާ ވެސް، އެއީ ކާކުތޯ ބައްޕަ އެއްސެވިއެވެ. ޖަވާބުގައި ދަރިފުޅު ބައްޕައަށް ނަންގަތެވެ. "އެއީ ވެސް ހަމަ އަވައްޓެރި ކުއްޖެކެވެ. ގޭ ކުރިމަތީ އެހުރި އަވައްޓެރި ގޭ ވެރިޔާގެ ކުއްޖާއެވެ.

އަނެއްކާވެސް ބައްޕަ ދެރަވެލައްވާފައި ބުނުއްވިއެވެ. "އެއީ ވެސް ހަމަ ދަރިފުޅުގެ އުޚުތެކެވެ. ތިކަން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟"

މިފަހަރު، ދަރިފުޅަށް ކެތްކުރެވޭ ގޮތެއް ނުވިއެވެ. ރޮވިފައި ގޮސް، މަންމަ ގާތު ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަވައްޓެރި ތިން ހަަތަރު ކުއްޖަކާ ރައްޓެހިވެ، އިންނަ ހިސާބަށް ގޮސް، އެ ވާހަކަ ބައްޕައަށް ނަންގަތުމުން، އެއިން ކޮންމެ ކުއްޖަކީ ވެސް ތިމަންނާގެ އުޚުތެކޭ ބައްޕަ ބުނުއްވި ވާހަކައެވެ.

ދެން، މަންމަ ދަރިފުޅު ގާތު ބުންޏެވެ. "ތިޔައީ އެހާ ކަންބޮޑުވާ ވަރު ކަމެއް ނޫނެވެ. ތިކުދިންގެ ތެރެއިން ދަރިފުޅު ބޭނުން ކުއްޖެއް އިޚުތިޔާރުކޮށް އެ ކުއްޖަކާ ދަރިފުޅު އިންނާށެވެ. ދަރިފުޅުގެ ބައްޕައަކީ މުޅިން އެހެން މީހެކެވެ!"

އާދެ، މީހުން ބުނާ ގޮތުގައި، ކަނޑާ ހަމަވެ، ނުބީހި ދިޔުމުގެ މިވާހަކަ، ބައެއް މުޖުތަމައު އޭގެ ތެރެއަށް ވެއްޓި، އަދި ވެެއްޓެމުންދާ، އަޚުލާގީ އަނދަވަޅު ރަމްޒުކޮށްދެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2113

One Response

  1. ތިވިގޮތުން ދެން ޖެހޭނީ އުފަންދުވަހު ސެޓްފިކެޓް ހަދާއިރު ޑީއެންއޭ ނަތީޖާވެސް ހުށަހަޅަންތާ. މިހާރު ގިނަ ރަށްރަށުގެ ހާލަކި ހަމަތިއީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *