...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް- ދިރިހުރި ޒަމީރެއްގެ ވެރި އިންސާނަކަށް ވާށެވެ!

ފޮޓޯއިން އެ ފެންނަނީ ފިނިހަނގުރާމައިގެ ދުވަސްވަރު ޖަރމަނުވިލާތުގެ މަންޒަރެކެވެ. ދެވަނަ ބޮޑުހަނގުރާމަ 1945ގައި ނިމި، ޖަރުމަނުވިލާތާއި ބާރލިން ވެސް ދެބައިވެގެން ދިޔައެވެ. ކޮމިޔުނިސްޓުގެ ނިޒާމު ގާއިމުވެގެން ދިޔަ އިރުމަތީ ޖަރުމަނަކަށާއި އިރުމަތީ ބާރލިންއަކަށާއި މިނިވަން ޑިމޮކުރަސީ ސިޔާސީ ނިޒާމަކާއި ރައުސްމާލީ އިގުތިސާދީ ނިޒާމެއް އޮތް ހުޅަނގު ޖަރުމަނަކަށާއި ހުޅަނގު ބާރލިންއަކަށެވެ.

މި ދުވަސްވަރު އިރުމަތީ ޖަރުމަނުގެ ގިނަ ބަޔަކު ހުޅަނގު ޖަރުމަނަށް ހިޖުރަކުރަން ބޭނުންވިއެވެ. އަދި އިރުމަތީ ބާރލިން ތެރެއިންލާފައި ހުޅަނގު ބާރލިންއަށް ގޮސް، ދެން، ހުޅަނގު ޖަރުމަނަށް ހިޖުރަކުރިއެވެ. މިކަން ހުއްޓުމުގެ ގޮތުން އިރުމަތީ ޖަރުމަނުގެ ކޮމިޔުނިސްޓު ލީޑަރުން، އިރުމަތީ ބާރލިންއާއި ހުޅަނގު ބާރލިން ދެމެދުގައި ކޮންކުރީޓު ފާރެއް ރާނައި ފުޅަފެއް އެޅިއެވެ.

ފޮޓޯއިން އެ ފެންނަނީ ކަށިނަރުގެ އެފުޅަށް ހުރަސްކުރަން އުޅުނު އާއިލާއެއްގެ ކުޑަކުޑަ ކުއްޖެކެވެ. އެ ފުޅަށް ހުރަސްކުރުމަށް އެ ތަނުގައި ފާރަ ބަލަހައްޓަން ހުރި ސިފައިންގެ މީހާ އެކުއްޖާ އަށް އެހީވެދޭ ތަނެވެ. އެ ދުވަސްވަރު އެތާ ފާރައަށް ތިބޭ ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ ފާރު ހުރަސްކުރަން އުޅޭ މީހުންގެ ގަޔަށް ބަޑިޖަހައި މެރުމަށެވެ. ނަމަވެސް ސިފައިންގެ ފާރަވެރި މީހާ މި އަމުރާ ޚިލާފުވެ، އެކުއްޖާއަށް އެހީވީއެވެ.

ފަހުން، އެކުއްޖާއަށް އެހީވެދިނުމުގެ ކުށުގައި، މި ސިފައިންގެ މީހާ ހިފައި ހައްޔަރުކުރިއެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން ސިފައިންގެ މީހާ ދަންޖައްސައި މެރި ކަމަށް ވެއެވެ. އާދެ، ސިފައިންގެ މީހަކީ ދިރިދިރި އޮތް ޒަމީރެއްގެ ވެރި އިންސާނަކަން ވުމުންނެވެ!

މި ތަސްވީރު ބުނަނީ ކޮންމެ މީހަކުވެސް، އެއީ މަދަނީ މީހަކަށް ވިޔަސް، އަދި، އަސްކަރީންގެ މީހަކަށް ވިޔަސް، ދިރި ހުރި ޒަމީރެއްގެ ވެރި އިންސާނަކަށް ވުމަށެވެ. ވައްކަމާއި ޚިޔާނަތުގެ ވެރިންނަށް އެހީވެ، އެކަމަށް ބާރުދޭ ބަޔަކަށް ނުވުމަށެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.