Support Us

އުމަރުގެފާނުންގެ ގެކޮޅުގައި ފާރަވެރިޔާ ނުބަހައްޓަވާން ނިންމެވި ސަބަބު

ރަޤީބް އަލް އިސްފަހާނީ ލިޔުއްވާފައިވެއެވެ. މައިމޫން ބިން މަހްރާން ވިދާޅުވިއެވެ. އެއް ދުވަހަކު ތިމަންކަލޭގެފާނު ޚަލީފާ އުމަރު ބިން ޚައްތާބުގެ އަރިހުގައި އިންނަވަނިކޮށް ޚަލީފާގެ އަރިހަށް މީހަކު ޒިޔާރަތްކުރިއެވެ. އެހިނދު އުމަރުގެފާނު އެކަލޭގެފާނުގެ ގެކޮޅުގެ ދޮރުވާނު ގާތުގައި އެއްސެވިއެވެ. "ދޮރުކައިރީގައި ހުރީ ކާކުހެއްޔެވެ؟" ދޮރުވާނު ޖަވާބު ދިނެވެ. "އެއީ ކީރިތި ރަސޫލާ ﷺ ގެ މިސްކިތްކޮޅުގައި ބަންގިގޮވާ ބިލާލްގެފާނުގެ ދަރިކަލުން ކަމަށް ދަޢުވާ ކުރާ މީހެކެވެ."

ފަހެ އުމަރުގެފާނު އެމީހާ އެތެރެއަށް ވަނުމުގެ އިޒުނަ ދެއްވިއެވެ. އެއަށްފަހު، އެމީހާއާ (ބިލާލްގެފާނުގެ ދަރިކަލުންނާ) ސުވާލުކުރެއްވިއެވެ. "ކީރިތި ރަސޫލާ ﷺ ގެ އެއްވެސް ހަދީޘް ބަސްފުޅެއް، ބައްޕާފުޅުގެ (ބިލާލުގެފާނުގެ) ފަރާތްޕުޅުން އެނގިވަޑައިގެންފައި ވޭހެއްޔެވެ؟" ޖަވާބުގައި އެމީހާ (ބިލާލްގެފާނުގެ ދަރިކަލުން) ދެންނެވިއެވެ. "އާދޭހެވެ. އަޅުގަނޑުގެ ބައްޕަ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. މީސްތަކުންގެ ކަންތައްތަކާ މަތިވެފައިވާ މީހަކު އެމީހާއާއި މީސްތަކުންނާ ދެމެދު ހުރަހެއް ލައްވައިފި ނަމަ، ހިސާބު ބައްލަވާ ދުވަހު މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކާއި އެ އިލާހާ ދެމެދު ހުރަހެއް ލައްވަވާނެތެވެ."

ދެންފަހެ މި ހަދީޘް ބަސްފުޅު އިވިވަޑައިގެންނެވުމާ އެކު އުމަރު ބުން ޢަބްދުލް އަޒީޒު ކީރިތި ކުރެއްވިއެވެ. އަދި ވަގުތުން އެކަލޭގެފާނުގެ ގޭކޮޅުގެ ދޮރުވާނު ފޮނުވާލެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު އަވަހާރަފުޅުވަންދެންވެސް ގެކޮޅުގައި ފާރަވެރިޔަކު ހުއްޓާ މީސްތަކުން ދެކެފައެއް ނުވެއެވެ.

[ޖެމްސް އެންޑް ޖެވެލް ސ82/ ޢަބްދުލް މާލިކް މުޖާހިދު]

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *