Support Us

ކޮލަމް ކޯދު: އިނގިރޭސި ރައްސާމެއްގެ ކުރެހުމަކާއި އެ ކުރެހުން ކިޔައިދޭ ވާހަކަ

މިއީ އިނގިރޭސި ރައްސާމަކުގެ ކުރެހުމެކެވެ. ފަންނާނީ ދުނިޔޭގައި އޭނާ ބޭނުންކުރާ ނަމަކީ 'ބޭންކްސީ' އެވެ. ލަފާކުރެވެނީ އޭނާ އުފަންވީ 1990ގެ އަހަރުތަކުގެ ކުރީ ކޮޅުގައެވެ. އޭނާގެ އަސްލު ނަމާއި އޭނައާ ބެހޭ އެހެން މައުލޫމާތުތައް ވަނީ އަދި ފޮރުވިފައެވެ.

އޭނާގެ އެންމެ އަގު ބޮޑު ކުރެހުމަކަށް މިހާތަނަށް ވެފައި އޮތީ 2009ގައި އޭނާ ކުރެހި، މަތީގައިވާ ކުރެހުމެވެ. 'ހަލާކުވެ، އަގު ވެއްޓިފައި ރައްޔިތުންގެ މަޖުލީސް' (ޑިވޯލްވްޑެ ޕާރލިމެންޓް) މި ސުރުޚީ ދެވިފައިވާ ކުރެހުމެވެ. މި ކުރެހުން 2019 ވަނަ އަހަރު، 12.2 މިލިޔަން އެމެރިކާ ޑޮލަރަށް ވިކުނެވެ.

އިހުގެ ހަރު ބަހެއްގައި އައިސްފައި އޮވެއެވެ. "މަކުނުތައް ޒުވާބުކޮށް އަރާރުންވެއްޖެ ނަމަ، ދަނޑުގެ ގޮވާން ހަލާކުކޮށްލައެވެ. އެކުވެރިވެ އެއްބައި ވެއްޖެނަމަ، ދަނޑުގެ ގޮވާން ކައި ހުސްކުރެއެވެ!"

އާދެ، އަޅުގަނޑުމެންގެ …. ހަނދާންކޮށްދޭ ކުރެހުމެކޭ ވެސް ބުނެވިދާނެ ކަމަށް ބައެއް މީހުން ދެކެއެވެ!