
ކާށަވީ ބްރޮކޮލީ (ބްރޮކޮލީ)
މާގިނަ ނަފާ ލިބޭތީ
ރާކެންސަ އިދިކީލިވީ (ކެންސަރު)
ކާށެކައް އާވިން އެވީ
ފާއިދާ ޢަދަދެއް ނުވާނެ
ލާބަ އެހައިމެ ގިނަވާނެ
ރާސާދި ދައްކަޔޭ
ކާނަމަ ސަލާމަތް ވެޔޭ
މާއިރަޙި ފުއްޕާމެޔޭ
ތާހި ފުރަމޭ އެނގޭހޭ
ލާކަށް އެދޫ ކޮށްނުވާނެ
ފާނަ އަދައި ކާންވާނެ
ލާމަތްސަ ކޮށްދެޔޭ
ރާއިގޮހޮ މަތިއުރަ ތެދޭ
ދާގުރު "ޕްރޮސްޓޭޓް" ވޭ (ޕްރޮަސްޓޭޓް)
ލާމެހި ނަފާގައި ލިބޭ
ނާވަންހަ މިކަމެއް ނުވާނެ
ހާމެވެ އެނގި ގެންވާނެ
ވާނެޔޭ ލޯ ނަޖާ
ވާހިނދުންމަތި ޢުމުރުމާ
"ލާމެކިޔު" "ކެޓަރެކްޓް" އާ (މެކިޔުލާ) (ކެޓަރެކްޓް)
"ނާޑިޖެނެރޭޝަ" ދުރުވާ (ޑިޖެނެރޭޝަން)
ފާޢީދި ބާރު ގަދަވާނެ
"ފާސަލް" މުއްސަނދިވާނެ (ސަލްފާ)
