Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޝަޢުބާން މަސް ދެބައިވާނީ މިއަދު މެންދުރު

މިހިނގާ ޝަޢުބާން މަސް ދެބައިވާނީ ކާންޏަ ރާހީގެ 5 ދަރަޖަ 52 ދަގީގަށް ހަނދު ވަންނަ ވަގުތުގައެވެ. އެވަގުތު ދިމާވަނީ މިއަދު (18 މާރިޗް 2022/ 15 ޝަޢުބާން 1443) ވާ ހުކުރު ދުވަހުގެ 12:17 މިނެޓާއެވެ. މި މަހު ހަނދުގެ އަލިކަން ("އިލުމިނޭޝަން") ފުރިހަމަވާނީވެސް އެ ވަގުތުގައެވެ.

ހަނދުމަހެއް ދެބައިވަނީ އެ މަހަކު ދުނިޔެ ވަށައިގެން ހަނދު ޖަހާ ބުރުގެ ދެވަނަ ކުރާޓަރު ފުރިހަމަވުމުންނެވެ. ހަނދުމަހެއްގެ ދެވަނަ ކުއާޓަރު ހަނދު ފުރިހަމަކުރާ ވަގުތަކީ، ހަނދުގެ އަލިކަންވެސް އެ މަހެއްގެ ފުރިހަމަވާ ވަގުތެވެ.

އެހެންކަމުން، މިއަދު މާލޭ ގަޑިން 12:17 ގައި ޝަޢުބާންމަސް ދެބައިވުމުން، 01 އޭޕްރީލް 2022 (29 ޝަޢުބާން 1443) ވާ ހުކުރު ދުވަހު މާލެއަށް އިރު އޮއްސޭ ވަގުތު ކަމުގައިވާ 18:16 އާ ދެމެދު ޝަޢުބާން މަހުގައި އޮންނާނީ 14 ދުވަހާއި 5 ގަޑިއިރާއި 59 މިނެޓެވެ. ސަބަބަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކަލަންޑަރުގައި، ޝަޢުބާން މަހަކީ، 29 ދުވަހުގެ މަހެއްކަމުގައި ކަނޑައަޅުއްވާފައި އޮންނާތީއެވެ.

މިމަހު ހަނދުގެ އަލިކަން ފުރިހަމަވާއިރު ހަނދުގެ އަލިކަން 99.9% ގައި ހުރިނަމަވެސް، ހަނދު ދުނިޔެއާ ހުންނަ ދުރުމިން 380,827 ކިލޯމީޓަރު ކަމަށްވުމުން، ހަނދުގެ ސައިޒު ދުނިޔެއަށް ވަޒަންކުރާ މިންގަނޑުން ހަނދުގެ ބޮޑުމިނަކީ 15.7 ސެމީޑައިމީޓަރ ކަމަށްވާތީ، ހަނދު ފެންނާނީ ވަރަށް ވެސް އާދައިގެ ސައިޒެއްގައެވެ. މިއަދު މާލެއަށް ހަނދު އޮއްސޭނީ، ތުރިއްޔާނު އަސްތަމާނަށް މާލޭ ގަޑިން ހެނދުނު 06:11 ގައެވެ.